ads
އެރިޔަދޫ ރިސޯޓް-
އެރިޔަދޫއައިލެންޑް ރިސޯޓް ވިއްކާލުމުގެ މަސައްކަތް މަޑުޖައްސާލަން ސިވިލްކޯޓުން އަމުރުކޮށްފި
އެރިޔަދޫ އައިލެންޑް ރިސޯޓް ވިއްކާލުމުގެ މަސައްކަތް މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އެ ރިސޯޓް ވިއްކާލަން މިދިޔަ ހަފުތާގައި އިއުލާންކުރީ ނަގާފައިވާ ދެ ލޯނަކާ ގުޅިގެންނެވެ. އެ ރިސޯޓް ރަހުނު ކުރުމަށް ފަހު ކްރިސްޓަލް ލެގޫން ރިސޯޓް ކުންފުނިން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ނަގާފައިވާ ދެ ލޯނަކަށް  20 މިލިއަން ރުފިޔާ އާއި 2.8 މިލިއަން ޑޮލަރު (43 މިލިއަން ރުފިޔާ) ނަގާފައިވާތީ އެ ފައިސާ ނުދައްކައިފި ނަމަ، އެރިޔަދޫ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން 2015 ގައި އޮތީ އެސްބީއައިއަށް ދީފަ އެވެ.

އެރިޔަދޫ އައިލެންޑް ރިސޯޓް ނީލަމުގެ އުސޫލުން ވިއްކާލުމަށް އެސްބީއައި އިން މިދިޔަ ހަފުތާގައި އިއުލާންކުރިއެވެ.

ސިވިލް ކޯޓުން އެ ރިސޯޓް ވިއްކާލުން މަޑުޖައްސާލަން ވަގުތީ އަމުރެއް އިއްޔެ ނެރުނީ އެ ލޯނަށް ގެރެންޓީ ދިން ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ސިވިލް ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރުގައި ވަނީ ވަގުތީ އަމުރުތައް ނެރުމުގައި ފުރިހަމަވާން ޖެހޭ ކަންކަން އެ މައްސަލާގައި ފުރިހަމަވާ ކަމަށާއި އެހެންވެ، އެ މައްސަލަ ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން، އެރިޔަދޫ ރިސޯޓް ވިއްކާލަން ކުރި އިއުލާނަށް އަމަލުކުރުން ފަސްކުރަން އަންގާ ކަމަށެވެ.

ޕްލެޓިނަމް ކުންފުނިން މައްސަލަ ހުށަހެޅީ އެ ރިސޯޓް ވިއްކޭނީ ރަހުނު ކޮށްފައިވާ މުދާ ވިއްކުމާ ބެހޭގޮތުން ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް