ads
އިމްޕޯޓް މުދާ---
އިމްޕޯޓުކުރި މުދަލުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ
ރާއްޖެއަށް މިދިޔަ މަހު އިމްޕޯޓްކުރި މުދަލުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ އެވެ.

ކަސްޓަމްއިން އާއްމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު ކަސްޓަމްސް ފީގެ ގޮތުގައި ދައުލަތަށް 288 މިލިއަން ރުފިޔާގެ އާމްދަނީ އެއް ވަނީ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު 102 މިލިއަން ދިވެހި ރުފިޔާގެ އާމްދަނީއާ އަޅާ ބަލާއިރު 182 އިންސައްތައިގެ ކުރިއެރުމެކެވެ. 

ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ އަދަދު އިތުރުވި ނަމަވެސް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރި މުދަލުގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ މަހު އެކްސްޕޯޓުކޮށްފައިވަނީ 270 މިލިއަން ރުފިޔާގެ މުދަލެެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 60 އިންސައްތަ ދަށް އަދަދެކެވެ. 

ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް 3.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މުދާ އެތެރެކޮށްފައިވަނީ އިންޑިއާއިންނެވެ. އަދި ދެވަނައަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޗައިނާއިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް