ads
އެސްޓީއޯގެ ޝިޕިން ލައިން : ފޮޓޯ؛ އެސްޓީއޯ
ބޮޑު މުސާރައާއި އެކު އެސްޓީއޯ ޝިޕިން ލައިންގެ ވަޒީފާތަކުގެ ފުރުސަތު ހުޅުވާލައިފި
އެސްޓީއޯގެ ޝިޕިންލައިން "މޯލްޑިވްސް ސްޓޭޓް ޝިޕިން" (އެމްއެސްއެސް) ގެ ބޯޓުގެ ވަޒީފާތަކަށް ދިވެހިން ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބޮޑު މުސާރައާއި އެކު މި ފުރުސަތު ހުޅުވާލާފައިވާއިރު، މިއީ މިގޮތަށް ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ. 

މި އިއުލާނުގައިވާ ގޮތުން، ޗީފް އިންޖިނިއަރައކަށް 107،940ރުފިޔާ، ސެކަންޑް އިންޖިނިއަރަކަށް 92،520 ރުފިޔާ، ޗީފް އޮފިސަރަކަށް 92،520 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. 

މީގެ އިތުރުން، ސެކަންޑް އޮފިސަރަކަށް 53،970 ރުފިޔާ، އިލެކްޓްރިޝަނަކަށް 53،970 ރުފިޔާ، ވެލްޑަރަކަށް 19،620 ރުފިޔާ، ބޯސަނަކަށް،18،504 ރުފިޔާ، ޗީފް ކުކަށް، 19،000 ރުފިޔާ، އޭބަލް ސީމަނަކަށް 15،400 ރުފިޔާ، މެސް ބޯއީއަކަށް، 13،560 ރުފިޔާ، ދިނުމަށް ވަނީ ނިންމާފައެވެ. 

މި ވަޒީފާތަކަށް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 12:30 އެވެ. ވަޒީފާތަކާ ބެހޭ އިތުރު މައުލުމާތު sto.mv/career އިން ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް