ads
ސަލީމް މަޖިލީހުގައި ވާހަކަ ދައްކަނީ : ފޮޓޯ ސޯޝަލް މީޑިއާ
ޓޫރިޒަމަށް ބަރޯސާވުން ހުއްޓުވުމަށް އިހަވަންދިއްޕޮޅުގައި ބަންދަރެއް ހެދުމަށް ގަރާރެއް
އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ހިދުމަތްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، އެގަރާރު މިއަދު ހުށަހަޅުއްވަމުން  ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އައި ލޮޅުންތަކާއެކު، އެވިޔަފާރި އެއްކޮށް ހުއްޓިފައިވާ ކަމަށާއި އެހެންކަމުން ، ވިސްނުން އެހެން މިސްރާބަކަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ޓޫރިޒަމަކީ ގައުމެއްގެ ގޮތުގައި ބަރޯސާ ވެގެން އޮންނަން ހެޔޮވާ ވަރުގެ ސިނާއަތެއް ނޫން ކަމަށް ވިދާޅުވެ، ސަލީމް ވިދާޅުވީ އެކަން ކޮވިޑްގެ އިތުރުން ގަލްފު ހަނގުރާމައިގެ ތެރޭގައާއި، އެމެރިކާގައި ހިނގި 9/11 ހާދިސާ ނުވަތަ ޓުވިން ޓަވަރު ގޮއްވާލި ހާދިސާއިންވެސް އެނގިގެން ގޮސްފައިވާ ކަމަށެވެ. 

އޭނާ ވިދާޅުވީ ކޮވިޑާއެކު ގައުމުތަކުން ވިސްނަނީ އިގްތިސާދީ މަސައްކަތް އެހެނިހެން ދާއިރާތަކަށް ފުޅާކޮށް އެދިމަދިމާއަށް ވިސްނުން ބެހެއްޓުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ހުޅަނގާއި މެދުން މުދާ ހިފައިގެން ދަތުރުކުރާ އާގުބޯޓުފަހަރު ނުވަތަ، އިނޮސެންޓް ޕަސެޖްގެ މަގު އޮތް ގައުމަކަށް ވެފައި ކަމަށެވެ.

އެކަމުން މިއީ އަމާޒު ހިފިދާނެ އާ ސިނާއަތެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ކައިރިން ދަތުރުކުރާ އާގުބޯޓުފަހަރުގެ އަދަދު ކޮންމެ އަހަރަކު ހާހުން ގުނައިލެވޭ ކަމަށާއި އަދި އެ ބޯޓުފަހަރުން ގެންދެވޭ މުދަލުގެ އަގު ބިލިއަނުން ހިސާބުކުރެވޭ އިރު އެ ސިނާއަތުގެ މަންފާ ހޯދާކަށް ޓްރާންސިޓް ޝިޕްމަންޓް ޕޯޓެއް ވޭތުވި ދިގުމާޒީގައި ގާއިމް ކުރެވިފައި ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ޓްރާންސްޝިޕްމެންޓް ބަނދަރެއް ހެދުމަށް އަވައްޓެރި އިންޑިޔާ، ބަންގްލަދޭޝް ފަދަ ގައުމުތަކަށްވުރެ ފަހި ޕޮޒިޝަނެއްގައި އޮތީ ރާއްޖެ ކަމަށެވެ.

ސަލީމް ވިދާޅުވީ މިއީ މާބޮޑު އިންވެސްޓެއް ނުކޮށް ބޮޑު ފައިދާއެއް ލިބިދާނެ ކަމެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް