ads
ފޮޓޯ/ މަސްވެރިންގެ މުޒާހަރާ...މަބްރޫކް
ކޮވިޑް ހާލަތުގައިވެސް ދިވެހި ރާއްޖޭގެ އިގްތިސާދު ހިފަހެއްޓީ މަސްވެރިން: ރައީސް
މިއަދު ބޮޑު ކަންނެލީގެ މަސްވެރިން ކުރިއަށް ދިޔަ މުޒާހަރާގައި ވާހަދައްކަވަމުން، ކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓިީ މަސްވެރިން ކަމަށް ރައީސް އިބްރާހިމް މުހަައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެ ވާހަކަފުޅު ދައްކާފައިވަނީ، ބޮޑުކަންނެލީ މަސްވެރިންގެ ޔޫނިއަންގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދިޔަ މުޒާހަރާގައި، ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޔުނީއަންގެ މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރަށް ވަނީ ހުށައަޅާފައެވެ. މި ހަރަކާތުގެ ތެރެއިން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ވަނީ އެ ޔޫނިއަންގެ ލޯގޯ ޖެހި ޓީ-ޝާޓެއް ރައީސަށް ހަދިޔާކޮށްފައެވެ.

މަސްވެރިން ކުރަމުން ދަނީ ބުރަ މަސައްކަތެއް ކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓިީ މަސްވެރިން ކަމަށެވެ. 

‎ އެގޮތުން ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި، ދާ އެޅުން ހުއްޓުވުމާއި، މާލޭގެ ބަނދަރުގެ ދަތިކަމާއި، ކަންނެލި ގަންނަ އެންމެ ކުޑަ އަގެއް ކަނޑައެޅުމާއި، ފޯރާ އަގެއްގައި ސެޓްލައިޓް ފޯނުގެ ހިދުމަތް މަސްވެރިންނަށް ދިނުމާއި،  އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ގާނޫނު އެކުލަވައިލުން ހިމެނެއެވެ. 

މި ހަރަކާތުގައި ކަންނެލި މަސްވެރިން ވަނީ އައިސް ފޯރުކޮށްދިނުމުގައި ގެންގުޅޭ ތަފާތުތައް ނައްތާލައި އެއް އަގެއްގައި އައިސް ލިބޭނެ މަގު ފަހިކޮށްދެއްވާފައިވާތީ އެކަމަށްޓަކައި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ސަރުކާރުން ސިޔާސަތުތައް ކަނޑައަޅަނީ އެ ދާއިރާއެއްގެ އެންމެހާ ފަރާތްތަކާއި މަޝްވަރާކުރެވިގެން އެފަރާތްތަކުގެ އަޑުއަހައިގެން ކަމަށް ވިދާޅުވިއެވެ. 

"މަސްވެރިކަމާ ބެހޭގޮތުން ކުރިއަށް އޮތް ސިޔާސަތުތައް އަޅުގަނޑުމެން ކަނޑައަޅަމުން ގެންދާނީ ތިބޭފުޅުންގެ ވެސް އަޑުއަހައިގެން، ތިބޭފުޅުންނަށް ވެސް އެންމެ ފައިދާހުރި ގޮތަކަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މަސްވެރިން ފާހަގަ ކުރެއްވި ދެ ގާނޫނުގެ ބިލް މިހާރު ޑްރާފްޓު ކުރެވިފައިވާކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ ތެރޭގައި މަޖިލީހުން އެ ބިލްތައް ފާސްކުރުމަށް ބާރުއަޅުއްވާނެ ކަމަށް ވިދާޅުވެ، މަސްވެރިންގެ ކަންބޮޑުވުންތަކުގެ ލިސްޓުގައި ހުރި ކަންތައްތަކާއި ކުރިމަތިލައްވައި، ލަސްނުވެ އެއަށް ހައްލު ހޯދައިދެއްވައި، އެކަމުގެ މައުލޫމާތުތައް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް