ads
އެސްޓީއޯ ސުޕަމާޓް
މާދަމާ އެސްޓީއޯ އިން ބޮޑު ސޭލްއެއް، ނަސީބުވެރިޔަކަށް 20000 ރުފިޔާގެ ވައުޗަ
މާދަމާ އެސްޓީއޯއިން އެއްދުވަހުގެ ބޮޑު ސޭލްއެއް ބާއްވަން ހަމަޖައްސައިފިއެވެ.

އެންމެ ދުވަހަކަށް ކުރިއަށްގެންދާ މިސޭލަކީ "އެސްޓީއޯ އަހަރީ ސޭލް" ގެ ނަމުގައި ބާއްވާ ސޭލްއެކެވެ.

ސޭލްގައި ބައިވެރިވާ މީހުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 20،000ރ. ގެ ވައުޗާއެއް މާދަމާ ލިބޭނެ އެވެ.

މިސޭލްގައި ބޮޑު ޑިސްކައުންޓް ތަކެއް ދިނުމަށް ހަމަޖެހިފައިވއެވެ. މިއީ އެކުންފުންޏަށް 57 އަހަރު ފުރޭ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ސޭލްއެކެވެ. 

އެސްޓީއޯއިން ބުނާ ގޮތުގައި މި ސޭލް ކުރިޔައްދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، އެސްޓީއޯ ސުޕަމާޓްގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގަ އެވެ.

ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިޔަފާރި ކުރާ ފަރާތްތަކަށް 15 އިންސައްތަ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި މިސޭލްގައި އެފިހާރައިން ވިއްކާ މުދަލުގެ ތެރެއިން އޭސީ ފިޔަވައި ހުރިހާ މުދަލަކުން ޑިސްކައުންޓް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. 

ސުޕަމާޓު ފިހާރައިން ވިޔަފާރި ކުރާ ފަރާތްތަކަށް ފަސް ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެއެވެ. އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން 10 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ.

މީގެ އިތުރުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ 57 ވަނަ ކަސްޓަމަރަކަށް ހާއްސަ އިނާމެއްގެ ގޮތުގައި 32 އިންޗީގެ ޓީވީއެއް ދޭގޮތަށްވެސް އެކުންފުނިން ވަނީ ހަމަޖައްސާފައެވެ. އަދި އެސްޓީއޯ ސުޕަމާޓުން ވިޔަފާރި ކުރާ ކޮންމެ 57 ވަނަ ކަސްޓަމަރެއްގެ ބިލް މުޅިން ހިލޭ ކޮށްދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް