ads
ހިޔާ ފްލެޓްތައް ކައިރީ ވިޔަފާރިކުރަނީ -- ފޮޓޯ: މިހާރު
ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ގާޑިއާތައް ނަގަން އަންގައިފި
ހުޅުމާލޭގެ ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްތައް ދޭ ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނަގައި ސާފުކޮށް، އަދި އެފަދަ ހިދުމަތް ދިނުން ހުއްޓާލުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، ހިޔާ ފްލެޓް ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ބައެއް ތަންތަނުން ދެމުން އަންނަނީ އެ ކޯޕަރޭޝަނުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

މިގޮތުން، 04 އެޕްރީލް 2022 އިން ފެށިގެން 10 އެޕްރީލް 2022 ގެ ނިޔަލަށް ހިޔާ ފްލެޓް ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ދެމުން އަންނަ ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނަގައި، ސާފުކޮށް އަދި އެފަދަ ހިދުމަތްތައް ދިނުން  ހުއްޓާލުމަށް އަންގާ ކަމަށާއި، އަދި އެ ތާރީހްގެ ފަހުން އެފަދަ ހިދުމަތްތައް ދޭ ފަރާތްތަކަށް ފިޔަވަޅު އަޅައި، ނުނަގައި ހުރި ތަކެތި ނަގައި ސާފް ކުރެވޭނެ ކަމަށްވެސް އެޗްޑީސީން ނެރުނު ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ. 

ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދަކީ ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރެވެމުންދާ ސަރަހައްދެއްކަން ފާހަގަކުރަމުން އެޗްޑީސީން ބުނީ، ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ދަށްވެފައި، އެފަދަ ތަންތަނުން ދޭ ހިދުމަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. 

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ސަރަހައްދުގައި ދިވެހިންގެ އިތުރުން ބައެއް ބިދޭސީންވެސް އަންނަނީ ގާޑިއާ އާއި ހަޓް ފަދަ ތަންތަން ހަދައި، އެ ތަންތަނުގައި ހެދިކާ، ތަރުކާރީ، މޭވާ ފަދަ އެއްޗެހި ވިއްކަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް