ads
އުރީދޫ ސުޕަނެޓް ހޯޑެއްދޫއަށް --
އުރީދޫ ސުޕަނެޓް ހަލުވި ސްޕީޑްތަކާއެކު ހޯޑެއްދޫއަށް!
އުރީދޫ މޯލްޑިވްސްގެ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް، އުރީދޫ ސުޕަނެޓް ގދ. ހޯޑެއްދޫއަށް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ، 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހޯޑެއްދޫއަށް ތައާރަފްކޮށްފައިވަނީ މިއަދު ކަމަށެވެ. 

މިގޮތުން ސުޕަނެޓްގެ ހިދުމަތް ހޯދުމަށް ނުވަތަ ސުޕަނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް http://ore.do/getsupernet އަށް ޒިޔާރަތް ކުރުމަށް އުރީދޫ އިން ވަނީ އެދިފައެވެ. 

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށާއި، އެގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަަކަށްވެސް ފެންވަަަރު ރަނގަޅު އިންޓަަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަނީ ނުހަނު މުހިންމުކަމާއެކު ކަމަށެވެ. 

"އުރީދޫ ފިކްސްޑް ބްރޯޑްބޭންޑް ގެ ޙިދުމަތް މިއަދު މިވަނީ ގދ. ހޯޑެއްދޫއަށް ތައާރަފްކޮށްފަ. ސުޕަރނެޓްގެ ހިދުމަތާއެކު ހޯޑެއްދޫ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާއި ގުޅުވާލަދިނުމަކީ އަޅުގަނޑުމެންނަށްލިބޭ ވަރަށް ބޮޑު އުފަލެއް. ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަރ ޚިދުމަތް އެކުލެވޭ މި ޕެކޭޖތަަަކަަކީ މާކެޓްގަައި މިހާރު ހުރި އެންމެ ފުރިހަމަ ޕެކޭޖްތަައް. ކުރިއަށްއޮތްް ތަނުގައިވެސް ދިވެހިންގެ އިޖްތިމާޢީ އަދި އިގްތިސާދީ ތަރައްގީއަަށް މަންފާވާނެ ފަދަ ހިދުމަަތްތަަައް ފޯރުކޮށްްްްދިނުމުގަަައި އަަޅުގަނޑުމެން ދެމިތިބޭނެ ކަަަމުގެ ޔަަަގީންކަން އަަރުވަަން" އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.

މިގޮތުން އުރީދޫ އިން ބުނީ، ސުޕަރނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށާއި، މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާ އެއްވެގެންދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް