ads
ފަޒީލާ ހިޖާމަ ތެރަޕީ ދެނީ
"ފަޒީސް ހިޖާމާ ތެރަޕީ" ހެލުތު މިނިސްޓްރީން ހުއްޓުވައިފި
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިޖާމާ ޖެހުމުގެ ހިދުމަތް ދެމުން އަންނަ "ފަޒީސް ހިޖާމާ ތެރަޕީ" ކްލިނިކް ހެލްތު މިނިސްޓްރީން ހުއްޓުވައިފި އެވެ.

ފަޒީލާ މިއަދު ބުނީ ހެލްތު މިނިސްޓްރީން އޭނާއާއި ބައްދަލުކުރުމަށްފަހު، ހުއްދަ ނުނަގާ ރާއްޖޭގައި ހިޖާމާ ކްލިނިކް ނުހިންގޭނެ ކަމަށް ބުނިކަމަށާއި، އެއީ މަނާކަމެއް ކަމަށް ބުނެފައިވާ ކަމަށެވެ. 

"އެހެންކަމުން އަޅުގަނޑުގެ ހިޖާމާ ތެރަޕީ ހުއްޓާލައިފިން. ނަމަވެސް ސެޓިފިކެޓާއިއެކު ހުށަހެޅުމުން ހުއްދަ ލިބޭނެ ކަމަށް ވިދާޅުވި، އަޅުގަނޑުގެ ކޯސް ނިމުނުހާ އަވަަހަކަށް ކްލައިޓުންނަށް އެކަން އަންގާނަން. އިންޝާﷲ. ﷲ ސުބުހާނަހޫ ވަތައަލާ މި މަސައްކަތް ރާއްޖޭގަ ކުރެވޭނެ ގޮތް މިންވަރު ކުރައްވާށި" ފަޒީލާ ބުންޏެވެ.

"ފަޒީސް ހިޖާމާ ތެރަޕީ" ކްލިނިކް ހުއްޓުވައި ދިނުމަށް މިނިސްޓްރީން މީގެ ކުރިން ވަނީ އެދިފަ އެވެ. ހެލުތުން އެގޮތަށް އެދިފައިވަނީ އެ ކްލިނަކަކީ ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ ތަނަކަށް ވުމުންނާއި، ޑޮކްޓަރަށް ނުދައްކާ އަދި ޑޮކްޓަރުންދޭ ބޭހުގެ ބަދަލުގައި ހިޖާމާ ޖަހައިގެން ގިނަ ބަލިތަކުން މީހާ ސަލާމަތް ވާކަމަށް ބުނެ އެ ކްލިނިކުން ހިޖާމާ ޕްރޮމޯޓު ކުރާ ކަމަށް ބުނެ، ބަޔަކު ކަންބޮޑުވުން ފާޅު ކުރަން ފެށުމުންނެވެ. 

އެ ކްލިނިކުން މީގެ ދުވަސްކޮޅެއް ކުރިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހަކުރު ބަލީގެ މީހުން އިންސިއުލިންގެ ބަދަލުގައި ހިޖާމާ ޖަހައިގެން ހަކުރު ބައްޔަށް ފަރުވާ ހޯދޭނެ ކަމަށެވެ. އެކަމާއި ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ގިނަ ފަރާތްތަކެއް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި މިއީ އަސްލެއް ނެތް ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ވަނީ ބުނެފައެވެ. 

މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން "ސީއެންއެމް"އަށް މީގެ ކުރިން ވިދާޅުވީ، އެ ކްލިނިކަކީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ތަަނަކަށް ނުވާތީ ހުއްޓުވާލުމުގެ ބާރެއް މިނިސްޓްރީއަށް ނޯންނަ ކަމަށެވެ. އަދި ފުލުހުންނަށް ހުށަހެޅީ އެހެންވެ ކަމަށް ވިދާޅުވިއެވެ. 

އެ ކްލިނިކް ހިންގަމުން އަންނަ ފަރާތާއި ވާހަކަ ދައްކާ އެ ކްލިނިކުން ދެމުން އަންނަ ހިދުމަތްތައް ދިނުން ހުއްޓާލުމަށް މީގެ ކުރިންވެސް މިނިސްޓްރީން އަންގާފައިވެއެވެ. 

ފަޒީލާ ބުނީ، ކްލިނިކް ރަޖިސްޓަ ކޮށްދޭން މީގެ ކުރިން އެތައް ފަހަރަކު ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް ސްޓިފިކެޓު ނެތުމުން ތަން ރަޖިސްޓްރީން ނުކޮށްދޭ ކަމަށެވެ. އެމައްސަަލަ ބޮޑުވެގެން ދިއުމުން ފަޒީލާއޭރު ބުނިގޮތުގައި އޭނާ އަތު އެކަމުގެ ފާހެއް ނެތް ކަމަށާއި އޮތީ އެތައް އަހަރެއްގެ ތަޖުރިބާ ކަމަށެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް