ads
ގެއްލުނު މުހައްމަދު ސައީދު
ސައީދު އާ އެކު ޑައިވިންއަށް ފޭބި މަހުމޫދު އިތުރު ފަރުވާއަށް އިންޑިއާއަށް
ފުވައްމުލަކު ނެރު ކައިރިއަށް ޑައިވް ކުރަނިކޮށް ގެއްލުނު މުހައްމަދު ސައީދު އާ އެކު ޑައިވިންއަށް ފޭބި އުމުރުން 19 އަހަރުގެ މަހުމޫދު ފާއިޒަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާއަށް މިއަދު ފުރައިފި އެވެ.
Advertisement

އާއިލާ އާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިތުރު ފަރުވާއަށް އިންޑިއާއަށް މަހުމޫދު ފުރީ މިއަދު ހެނދުނު 8:05ގަ އެވެ. އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި މަހުމޫދު ހައިޕާބޭރިކް އޮކްސިޖަން ތެރަޕީ އާއި ފިޒިއޮތެރަޕީ ނަގާނެ ކަމަށް ވެއެވެ.

އޭގެ ކުރިން އޭނާއަށް ވަނީ ކުރެއްދޫ ރިސޯޓުގެ ޗެމްބަރުގައި 13 ދުވަސް ވަންދެން ފަރުވާދީފަ ކަމަށް އާއިލާއިން ބުނެއެވެ. 

އެ ހާދިސާ ހިނގުމާއިއެކު އެދުވަހު ފުރަތަމަ އޭނާއަށް ފަރުވާ ދީފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގައެވެ. އެއަށްފަހު ދ. ކަނޑިންމަ ރިސޯޓުންނާއި، މާލެއިންވެސް އޭނާ އިތުރު ފަރުވާ ހޯދާފައިވެއެވެ.

މި ހާދިސާގައި ގެއްލުނު ސައީދު ހޯދުމުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާއިރު، މަހުމޫދު ވަނީ އެހާދިސާ ހިނގާދިޔަ ގޮތް ބައެއް މީހުންނަށް ކިޔައިދީފަ އެވެ. އޭނާ ބުނެފައިވާގޮތުން އެ އިންސިޑެންޓް ދިމާވީ ކަނޑުގެ 33 މީޓަރު އަޑިންނެވެ. ސައީދު އަޑިޔަށް ދާން ފެށިޔަސް އޭރު ސައީދު އަޑިއަށް ދަނީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާއަކަށް ނޭނގެ އެވެ. ސައީދު އަމިއްލައަށް ދަނީ ކަމެއް ނުވަތަ ކަމެއް ދިމާވެގެން ސައީދު އަޑިއަށް ދަނީ ކަމެއް ނޭނގޭ ކަމަށާއި އެކަން މަހުމޫދަށް އެނގެނީ މާ ފަހުން ކަމަށްވެސް އާއިލާއިން ވާހަކަ ދެއްކި މީހަކު މަހުމޫދާއި ހަވާލާދީ ބުނެފައިވެއެވެ.

މަހުމޫދުގެ އާއިލާއިން ވާހަކަ ދެއްކި އެމީހާ ބުނެފައިވަނީ 78 މީޓަރަށް ސައީދު ނަގަން މަހުމޫދު އަޑިއަށް ގޮސްފައިވާ ކަމަށާއި، ސައީދު އަތު ޖެހުނީ އެހިސާބުން ކަމަށެވެ. އަދި ތިރީސް މީޓަރު މައްޗަށް ގެނެވުނުތަނާ އޮއިގަނޑެއްގައި ޖެހި މަހުމޫދުގެ އަތުން ސައީދު ދޫވީ ކަމަށެވެ. އަދި އެ ހިސާބުން މަހުމޫދަށް ސައީދު ގެއްލުނީ ކަމަށް އޭނާ ބުންޏެވެ.

ސައީދު އާއި މަހުމޫދު ޑައިވިނަށް ފޭބީ މިމަހުގެ ދެވަނަ ދުވަހުގެ 14:30 ހާއިރުއެވެ. އުމުރުން 44 އަހަރުގެ ސައީދު ގެއްލިގެން އެމްއެންޑީއެފްއިން ހޯދަން ފެށިފަހުން މިއަދާއި ހަމަޔަށް ފެނިފައިވަނީ 59 މީޓަރު ކނޑުގެ އަޑިން ސައީދު މަސް ހިފުމަށް ބޭނުން ކުރިކަމަށް ލަފާ ކުރެވޭ އާލާތަކާއި، ބެލްޓެކެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް