ads
ފަރަށް އެރި
މިއަދު ފަރަށް އެރި މަސް ދޯންޏާއި، ބޯޓުވެސް ފުންކޮށްފި
މިއަދު ފަރަށް އެރި ދެ އުޅަނދުވެސް ފުންކޮށްފި އެވެ.

މިއަދު ވަނީ ބޯޓަކާއި، މަސް ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފްގެ ކޯސްޓުގާޑުން ހަރަކާތްތެރިވާން ފަށާފަ އެވެ. 

މިއަދު ފުރަތަމަ ފަަރަށް އަރާފައިވަނީ އަށް މީހުންނާއެކު މާލެއިން ފުރައިގެން ލ.އަތޮޅަށް ދަތުރުކުރަމުންދިޔަ "މާވަހަރު ސްޓަ" ނަމަކަށް ކިޔާ ބޯޓެކެވެ. އެ ބޯޓު ފަރަށް އަރާފައިވަނީ މ.މުއްޔާއި މ.ކޮޅުފުށްޓާ ދެމެދުގައި އޮތް ފަރަކަށެވެ.

އެ ބޯޓު މިއަދު 16:30 ހާއިރު ވަނީ ފުންކޮށްފަ އެވެ. 

މީގެ އިތުރުން މިއަދު ވަނީ 16 މީހުންނާއެކު މަސްވެރިކަމަށް ނިކުމެއުޅުނު "މަންފާ" ނަމަކަށް ކިޔާ މަސް ދޯންޏެއް ވެސް ފަރަށް އަރާފަ އެވެ. އެ ދޯނި ފަރަށް އަރާފައިވަނީ ތ.ގާދިއްފުށި ކައިރިން ނެވެ.   

އެމްއެންޑީއެފުން މިހާރު މައުލޫމާތު ދޭގޮތުގައި އެދޯނިވެސް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު މިއަދު 16:20 ހާއިރު ވަނީ ފުންކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް