ads
މިއަދުގެ ހަފްލާގެ ތެރެއިން——ފޮޓޯ: ދައުރު
ފްލޯޓިން ސިޓީގެ އެއްބަސްވުމަށް ކުއްލި ގޮތަކަށް ބަދަލު ގެނެސްފި
ފްލޯޓިން ސިޓީ ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ ޑަޗް ޑޮކްލޭންޑްސްއިން ދެ ފަޅެއް ވިއްކާލާފަވާތީ އެމަޝްރޫއު ނުހިނގާނެ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފަ ވަނިކޮށް، މިރޭ ކުއްލިގޮތަކަށް ފްލޯޓިސް ސިޓީ އެއްބަސްވުމަށް ބަދަލުގެނެސްފި އެވެ.

މިރޭ ކުއްލިއަަކަށް ނޫސްވެރިންނަށް ދައުވަތުދިން އެ އެއްބަސްވުމުގެ ރަސްމިޔާތު އޮތީ 07:00 ޖެހި އިރު އެވެ.

ޓްއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމުވެސް ބައިވެރިވެވަޑައިގެން އިންނެވި އެ ރަސްމިޔާތުގައި، އާ އެއްބަސްވުމުގައި ޓްއަރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތުމަތު ނިލްފާ އެވެ. އަދި ޑަޗް ޑޮކްލޭންޑްސްގެ ފަރާތުން ސޮއިކުރެެއްވީ އެ ކުންފުނީގެ ސީއީއޯ ޕޯލް އެޗްޓީއެމް ވެން ޑި ކޭމްޕް އެވެ.

އެ ރަސްމިޔާތުގައި މިނިސްޓަރު ވިދާޅުވީ، ބަދަލުގެނައީ ލީޒް އެގްރީމެންޓަށް ނޫން ކަމަށާއި،  ބަދަލެއް ގެނައީ، ޑިވެލޮޕްކުރާ މޮޑެލްއަށް ކަމަށެވެ. 

އާ އެއްބަސްވުމަށް ގެނައި އެ ބަދަލަކީ ވަކިން ރިސޯޓެއް ޑިވެލޮޕްކުރަން އިން ތަނެއްގައި މަލްޓި ފެސިލިޓީ ޑިވެލޮޕްކުރެވޭ ގޮތަށެވެ.

“ގަވައިދުގައި އިންނަ ގޮތުން މަދުވެގެން ދެ ޕާޓީ އަންނަން ޖެހޭނެ އެ ތަނަށް. ދެ ޕްރޮޕަޓީ އަންނަން ޖެހޭނެ،” މައުސޫމް ވިދާޅުވި އެވެ.

މި އެއްބަސްވުމަށް ގެނައި ސީދާ ތަފްސީލީ ބަދަލެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. 

އެއްބަސްވުމަށް ބަދަލުގެނެސް އާ އެއްބަސްވުމެއްްގައި މިރޭ ސޮއިކުރިއިރު، އެމްޑީޕީ ވަޓްސް އެޕް ގޫރުޕުތެރޭގައި މި މަޝްރޫއާއި ބެހޭ ކަންބޮޑުވާފަދަ ވާހަކަތަކެއް ރައީސް ނަޝީދު އަދި ފައްޔާޒު ވަނީ ދައްކަވާފަ އެވެ.

ރާއްޖޭގައި ފްލޯޓިން ސިޓީއެއް ތަރައްގީކުރުމަށް އެންމެ ފުރަތަމަ އެއްބަސްވުމަކަށް އައިސްފައިވަނީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. އޭރު ޑަޗް ޑޮކްލޭންޑް ކުންފުންޏާ މަސައްކަތް ހަވާލުކުރުމަށްފަހު، ކުރިއަށް ނުގޮސް އޮވެ، މި އެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއިކުރީ 2019 ވަނަ އަހަރު މެއި މަހުގެ ތެރޭގަ އެވެ. މި މަޝްރޫއު ހިންގުމަށް ދެވަނަ ފަހަރަށް ވެސް ހަވާލުކުރީ ޑަޗް ޑޮކްލޭންޑް ކުންފުންޏާ އެވެ.

މި މަސައްކަތާއި ގުޅޭ ގޮތުން ރައީސް ނަޝީދު އިއްޔެ އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ފްލޯޓިން ސިޓީގެ ވާހަކަތައް ބޭރު މީޑިއާގައި ހާމަ ކުރި ނަމަވެސް، އެކަނޮމިކް ކައުންސިލް އިން މިނިސްޓަރު ޝައުނާ ވެސް ވޯޓު ދެއްވާ އެކަން ހުއްޓުވި ކަމަށެވެ. އަދި ސަރުކާރުން ޑަޗް ޑޮކްލޭންޑް އަށް އެ މަސައްކަތް ކުރެވޭނެ އެއްވެސް ގޮތެއް ދައްކާފައި ނުވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

މީގެ އިތުރުން އެ މަސައްކަތް ސަރުކާރުން ހުއްޓުވީ، މި ޕްރޮޖެކްޓް އަކީ އެމަނިކުފާނުގެ ނަން ހިމެނޭ ޕްރޮޖެކްޓް އެއް ކަމަށްވުމުން ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި، މިހާރު ގަސްތު ކުރަނީ ޑަޗް ޑޮކްލޭންޑް އަށް މިކަން ހިނގާ ގޮތް ސާފު ކޮށްދީ ރާއްޖޭގައި މި މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ކަމަށް ލަފާ އެރުވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ ދަރަނި ނެތް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއް ނަގާލުން. މިއީ ބޮޑުވަރު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ހަމަ އެގްރޫޕުގައި ފައްޔާޒު ވަނީ ފްލޯޓިސް ސިޓީގެ ހުވަފެން ހަގީގަތަކަށް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ސަބަބަކަށް ވިދާޅުވީ، އެތަނުގެ ދެފަޅެއް އެތަން ތަރައްގީކުރަންދިން ޑަޗްޑޮކްލޭންޑުން ވިއްކާލާފަވުމެވެ.

ފައްޔާޒު ވިދާޅުވި ގޮތުން އެ ކުންފުނިން 2016 ގައި ވިއްކާލީ "ލެގޫން 17" އެވެ. މި ފަޅު ސިލްވާ މެރިން ނަމަކަށް ކިޔާ ކުންފުންޏަކަށް ވިއްކާލީ 300،000 ޑޮލަރަށެވެ.

އޭގެ ފަހުން މި ސަރުކާރު އައިސް މިދިޔަ އަހަރުގެ މާޗުގައި އެއްބަސްވުން އާކުރި ފަހުން ވެސް ފަޅެއް ވިއްކާލަން ޑަޗް ޑޮކްލޭންޑްސްއިން މަސައްކަތްކޮށްފަވާ ކަމަށް ވިދާޅުވި އެވެ.

އެ ފަޅުތައް ވިއްކާލެވުނު ގޮތެއް ސާފުކުރަން މިއަދު “ސީއެންއެމް” އިން މަސައްކަތްކުރިނަމަވެސް މިނިސްޓަރުގެ ޖަވާބެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އެފަހުން މިރޭވަނީ އާ އެެއްބަސްވުމުއްގައި ސޮއިކޮށްފަ އެވެ.

މި މަޝްރޫއުގެ ދަށުން މާލެއިން ފުރައިގެން ސްޕީޑް ލޯންޗުގައި ފަސް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ފަޅެއްގައި 5،000 ގެދޮރު އެޅުމަށް ނިންމާފައިވެ އެވެ. އެތަނުގައި ފުރަތަމަ ހަދާ ގެތަކަށް ޒިޔާރަތްކޮށް، ދުނިޔޭގެ އުފާވެރިކަމާއި ހިތްހަމަޖެހުން އިހުސާސް ވެގެންދާނެ ކަމަށް ޑަޗް ޑޮކްލެންޑުން މީގެ ކުރިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް