ads
ދޫނި ކޮށްޓެއްގައި ހުރި އެފްރިކަން ގްރޭ ތަކެއް..
ވަގަށް ދޫނި އެތެރެކުރި ކަސްޓަމްސް އޮފިސަރު ވަޒީފާއިން ވަކިކުރީ ރަގަޅަށް: ހައިކޯޓު
ވަގަށް ދޫނި އެތެރެކުރި ކަސްޓަމްސް އޮފިސަރު މަގާމުން ވަކިކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ގަވައިދާ ހިލާފަށް، އަދި އުސޫލުތަކާއި ހިލާފަށް ރާއްޖެއަށް ދޫނިތަކެއް އެތެރެކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސްގެ ކަސްޓަމްސް އޮފިސަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުންދިޔަ މުހައްމަދު މުސްތޮފާ ކިޔާ މީހެކެވެ. 

ގަވައިދާ ހިލާފަށް ދޫނިތަކެއް ރާއްޖެއަށް އެތެރެކުރި މައްސަލައިގައި ކަސްޓަމްސްގެ ވަޒީފާއިން މުސްތޮފާ ވަނީ ވަކިކޮށްފަ އެވެ. 

މުސްތޮފާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް މި މައްސަލަ ހުށަހެޅުމުން ޓުރައިބިއުނަލް އިން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ރަގަޅަށް ނޫންކަމަށް ނިންމާފައިވެ އެވެ. ނަމަވެސް މި މައްސަލަ ވަނީ ކަސްޓަމްސް އިން ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. 

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ 05 އޭޕްރީލް 2017 ވަނަ ދުވަހު އަމިއްލަ ބޭނުމެއްގައި ރާއްޖެއިން ބޭރަށް ދިއުމަށްފަހު އެނބުރި ރާއްޖެ އައިއިރު ބެންކޮކު އެއާވޭސް ފްލައިޓުން ރާއްޖެއަށް ސިއްރު ގޮތުގައި ދޫނިތަކެއް ގެނެސްފައިވާކަން ކަސްޓަމްސް އިން ކުރި ތަހުގީގުން އެގެން އޮންނަ ކަމަށެވެ. 

އެހެން ކަމުން މި ކަމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދު ތަކާއި އަދި ކަސްޓަމްސްގެ ގަވައިދުތަކަށްވެސް ފުށުއަރާ ކަމަކަށް ވުމާއެކު އެކުށުގެ އަދަބެއްގެ ގޮތުން ކަސްޓަމްސްގެ ވަޒީފާއިން މުސްތޮފާ ވަކިކޮށްފައިވަނީ ރަގަޅަށް ކަމަށް ހުކުމް ކުރާ ކަމަށެވެ. 

your imageމަރާލި ދޫނިތަކުގެ ފޮޓޯއެއް ހިފަހައްޓައިގެން އިން ދޫންޏެއް މުޒާހަރާގެ ތެރެއިން---

މުސްތޮފާ ވަޒީފާއިން ވަކިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގަ އެވެ. ކަސްޓަމްސް އިން ހައިކޯޓުގައި ފާހަގަ ކޮށްފައިވާ ނުކުތާ ތަކަށް ބަލާއިރު އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ ކަސްޓަމްސްގައި މަސައްކަތްކުރާ އެހެން މުއައްޒަފުންނާއި، އާންމު ރައްޔިތުން އެ މުއައްސަސާގެ މައްޗަށް އޮންނަ އިތުބާރު ކުޑަވެ ނުވަތަ ބުރޫއަރާފާނެ ކަމެއްކަމުގައި ފެންނާތީ ކަމަށެވެ. 

ގަވައިދާ ހިލާފަށް ހުއްދަ ނުނަގައި ރާއްޖެ އެތެރެކުރި 60 "އެފްރިކަން ގްރޭ" ވެސް މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގައިވެސް ކަސްޓަމްސް އިން ވަނީ ހިފަހައްޓާފަ އެވެ. 

your imageމަރާލި ދޫނިތަކުގެ ފޮޓޯ

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރި ދޫނިތަކެއް ވަނީ ހިފަހައްޓައިފައެވެ. އެ ދޫނިތައް ހިފެހެއްޓުމަށް ފަހު ފިޝަރީޒް މިނިސްޓްރީން ވަނީ އެ ދޫނިތައް މަރައިލައިފަ އެވެ.

ދޫނިތައް މެރުމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީއާއި ބަންޑާރަނައިބުގެ އޮފީހާ ދެމެދު ވަނީ ދެބަސްވުންތަކެއް ވެސް ކުރިމަތިވެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް