ads
ބެނާތައް އަތުލަނީ
ދިދަތަކާއި، ބެނާތައް އަތުލާ އިހްތިޖާޖް ރޫޅާލައިފި، އެއްބަޔަކު ހައްޔަރަށް!
ގޮޓަބަޔާއަށް ހިމާޔަތް ދިނުމުން ލަންކާ ރައްޔިތުން މިއަދު މާލޭގައި ކުރި ސުލަހަވެރި އިހްތިޖާޖު ރޫޅާލާ އެއްބަޔަކު ހައްޔަރުކޮށްފި އެވެ.

ކުށްވެރިއަކަށް ހިމާޔަށް ނުދިނުމަށް ރާއްޖޭގެ ސަރުކާރަށް ގޮވާލާ ލަންކާ ރައްޔިތުން މިއަދު ކާނިވާ ސަރަހައްދުގައި ކުރި އިހްތިޖާޖްގައި 50 އަށްވުރެ ގިނަ އެގައުމުގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ. އަދި ބައެއް ދިވެހިންވެސް އެ އިހްތިޖާޖް ތެރޭ ބައިވެރިވެފައިވެ އެވެ. 

އެމީހުންގެ އަތުގައި އެގައުމުގެ ބަހުންނާއި އިގިރޭސިބަހުން ލިޔެފަވާ ޝުއޫރު ބޯޑުތަކާއި ލިއުންތައް ހުރި އިރު، ސަރުކާރަށް ގޮޓަބަޔާއަށް ހިމާޔަށް ނުދިނުމަށް ސަރުކާރަށް ގޮވާލުމަށް ދިވެހީންގެ ކިބައިން އެމީހުން އެދިފަ ވެއެވެ. އަދި "ގޮޓަ ގޯ" ޖަހާފައިވާ ބެނާތަކެއްވެސް އެމީހުން ގެންގުޅުނެވެ. 

ނަމަވެސް އިހްތިޖާޖު ކުރަން ފެށިތާ ކުޑައިރުކޮޅެއްތެރޭ އެމީހުންގެ އަތުގައި އޮތް ބެނާތަކާއި ދިދަތައް ވަނީ އަތުލާފަ އެވެ. އަދި މުޒާހަރާ ރޫޅާލާ އެސަރަހައްދު މިހާރު ވަނީ ބަންދުވެސްް ކޮށްފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުން އެއްބަޔަކު ވަނީ ހައްޔަރުވެސް ކޮށްފަ އެވެ.


މިއީ އެމީހުންގެ ޝުއޫރުފާޅުކުރުމަށް ކުރި ސުލުހަވެރި އިހްތިޖާޖަކަށްވާއިރު، އެ އިހުތިޖާޖު ހުއްްޓުވާ އެއްބަޔަކު ހައްޔަރުކުރި ސަބަބާއި ބެހޭގޮތުން ފުލުހުންނާ ސުވާލުކުރުމުން މިހާތަނަށް އަދި އެކަމަށް ޖަވާބެއް ނުލިބެ އެވެ. އަދި އެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުންގެ އަދަދެއްވެސް އަދި ފުލުހުން ސާފުކޮށެއް ނުދެ އެވެ. 

ރާޖަޕަކްސަ މިވަގުތު ހުންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގާތްގުޅުމެއް އޮންނަ މީހެއްގެ ރިސޯޓެއްކަމަށްވާ އިތާފުށި ރިސޯޓުގަ އެވެ. 

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އޭނާ ހިމާޔަތް ހޯދަވާނީ ސިންގަޕޫރުން ނެވެ. ސިންގަޕޫރަށް ކުރިއަށް އޮތް އަށް ގަޑިއިރުތެރޭ ގޮޓަބަޔާ ފުރާވަޑައިގަންނަވާނެ ކަމަށްވެސް ވެއެވެ. އޭނާ ފުރާވަޑައިގަންނަވާނީ ސިންގަޕޫރު އެއާލައިން އެސްކިއު 437 ފްލައިޓުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް