ads
ފޮޓޯ:އެމްއެމްއޭ
ރާއްޖޭގެ ދަރަނި ބޮޑުވާ ކަމުގެ އިންޒާރު އައިއެމްއެފް އިން ދީފި
ދިވެހި ރާއްޖޭގެ ދަރަނި ބޮޑުވަމުން އަންނަ ކަމުގެ ނުރައްކާތެރި އިންޒާރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދީފި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭ ގޮތުން ދިރާސާ ކުރުމަށްފަހު އައިއެމްއެފް އިން ވަނީ ރިޕޯޓެއް ނެރެފަ އެވެ. މި ރިޕޯޓަކީ، މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި އައިއެމްއެފްގެ ވަފްދުން ތައްޔާރު ކޮށްފައިވާ ރިޕޯޓެކެވެ. 

އައިއެމްއެފް އިން އާއްމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ، ރާއްޖޭގެ އިގްތިސާދު ކުރި އަރަމުން އަންނަ ކަމަށާއި، މި އަހަރު ނިމޭ އިރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 8.7 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުން އައުމާއި، ޔޫކްރެއިން އާއި ރަޝިއާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުތަކަށް ޒިޔާރާތް ކުރަމުންދިޔަ ފަތުރުވެރިން މިހާރު ރާއްޖެއަށް ޒިޔާރަތް ކުރަމުން ދިއުމުން ކަމަށް އައިއެމްއެފްގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް ރާއްޖޭގައި ހުރި ބޭރު ފައިސާގެ ރިޒާވް ދަށްވަމުން އަންނަ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ދަރަނި ބޮޑުވުމުގެ ނުރައްކާތެރިކަން އަދިވެސް އެބަ އޮތް ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި އެކަން ހައްލު ކުރުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އައިއެމްއެފް އިން ނެރެފައިވާ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. 

އަދި ކުރިއަށް ހުރި ދުވަސް ތަކުގައި ރާއްޖޭގެ ހަރަދުތައް އިތުރަށް މައްޗަށް ދާނެ ކަމަށާއި، ތަކެތީގެ އަގުތައް ބޮޑުވުމުން ސަރުކާރުން ދެމުން އަންނަ ސަބްސިޑީތައް އިތުރުވެ، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން ހިނގާނެ ހަރަދުތައް ބޮޑުވާނެ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. 

ރާއްޖޭގެ ރިޒާވް ދަށްވާ ކަމުގެ އިންޒާރު އައިއެމްއެފް އިން ދީފައި ވާއިރު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ. އެއާއި އެކި ސަރުކާރުން އަންނަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކޮށްލެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް