ads
އަލަމްގިރި ވީޑިއޯ އިން ފެންނަ ސިފައިންގެ މީހާ---
އަލަމްގީރާއެކު ގުޅުން ހިންގި ސިފައިންގެ މީހާ ސަސްޕެންޑުކޮށްފި
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ވީޑިއޯގައި ފެންނަ ސިފައިންގެ މީހާ ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.
Advertisement

އެމްއެންޑީއެފުން މިއަދު "ސީއެންއެމް" އަށް ބުނީ އޭނާ ސަސްޕެންޑުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ލީކުވެފައިވާ ވީޑިއޯއިން ފެންނަ ސިފައިންގެ މީހާގެ މައުލޫމާތެއް އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ވީޑިއޯއިން ފެންނަނީ އެމްއެންޑީއެފުގެ މެރިން ކޮޕްސްގައި މަސައްކަތް މީހެއް ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. 

އަލަމްގީރާއެކު ދިވެހިންގެ ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތަކެއް މިފަހުން އަންނަނީ ދައުރުވަމުން ނެވެ. މި ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، ފުލުހަކާއި، ޓީޗަރުުންތަކެއް ސަސްޕެންޑްކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ކަސްޓަމްސް ދެ މުވައްޒަފަކާއި، މަޖިލީހުގެ އިދާރީ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވަރަށްފަހުން، ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު، އަލަމްގީރާއެކު ގުޅުން ހިންގާ ވީޑިއޯއެއްވެސް ވަނީ ލީކުވެފަ އެވެ. އޭނާ މިހާރު ވަނީ ފިލައިގެން ރާއްޖެ ބޭރަށް ގޮސްފަވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ލީކުވެގެން އުޅޭ ވީޑިއޯތަކާއި ގުޅިގެން އަލްމްގީރާއި، ރައީސް ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު ވެސް ހައްޔަރުކުރި އެވެ. ނަމަވެސް ފުލުހުން އިއްޔެ ބުނީ އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބަންދުގައި ތިބީ އެންމެ ތިން މީހުން ކަމަށެވެ. އެމީހުންގެ ތަފްސީލެއް ނުދެ އެވެ. މިމައްސަލާގައި 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފަވާ ކަމަށްވެސް ވެއެވެ. 

އަލްމްގީރު ހައްޔަރުކޮށްފައިވަނީ، ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ، ގިނަ ބަޔަކު ބްލެކްމެއިލްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފަވެ އެވެ. އޭނާގެ ފޯނުން 200 އަށްވުރެ ގިނަ ދިވެހީންނާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ފުލުހުން އަތުލާފަވާ ކަމަށްވެސް ވެއެވެ. 

އަލްމްގިރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު، ޓިކްޓޮކް ތަރި މަރިޔަމް ޝިފާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެެއްވެސް ލީކުވި އެވެ. ނަމަވެސް އޭނާ މިހާތަނަށް ހައްޔަރުކޮށްފަ އެއް ނުވެ އެވެ. އަދި އޭނާ ހައްޔަރުނުކޮށް ހުންނަ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިއުންތައްވެސް ވަނީ ފުލުހުންނަށް އަމާޒުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް