ads
ރާއްޖެއަށް އައި ބައެއް ފަތުރުވެރިން
މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާ މާދަން ޒިޔާރަތް ކުރާނެ: އެމްއެމްޕީއާރުސީ
ދިވެހި ރާއްޖެއަށް މި އަހަރު ޒިޔާރަތް ކުރާ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެއަށް އަންނާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރި ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީއިން މިއަދު ބުނީ، ކޮވިޑް-19ގެ ބަލިމަޑުކަމާއި ޖީއޮޕޮލިޓިކަލް ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުވެސް މިއަހަރުގެ ރާއްޖެއަށް ޒިޔާރަތްކުރާ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މާދަމާ މަރުހަބާ ކިޔޭނެކަމަށް އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. 

މިއީ ރާއްޖެއިން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުން އަންނަ ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށާއި، މިއީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށްވެސް އެމްއެމްޕީއާރުސީއިން ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުހައްމަދު ވަނީ ބައިނަލްއަގުވަމީ ގޮތުން ކުރިމަތިވި އެކި ގޮންޖެހުންތަކާއެކު ވެސް މި ކާމިޔާބީ ހަގީގަތަކަށް ހެދުމުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް ތައުރީފު ކުރައްވާ، ޝުކުރުއަދާކުރައްވާފަ އެވެ.

"މިއީ އުފާވެރި މުނާސަބަތެއް، އަޅުގަނޑުމެންނަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް އެއ މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިއުމާ ގާތަށް މިވަނީ އާދެވިފައި. މިއީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނާއި، ސްޓޭކްހޯލްޑަރުން ރެ އާއި ދުވާލު ކުރި ބުރަ މަސައްކަތުގެ ނަތީޖާ. އަޅުގަނޑުމެން މި ކާމިޔާބީ ފާހަގަކުރާއިރު، އަޅުގަނޑުމެންގެ މަސައްކަތް މިހާ ހިސާބުން ނިމުނީކީ ނޫން. ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ދެމިހުރުމަށް، އަދި މި ވާދަވެރި ޒަމާނުގައި މަންޒިލްގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ހިތްވަރާއެކު ކުރިއަށް ކުރިއަށް ގެންދަންޖެހޭ. އެމްއެމްޕީއާރުސީއިން ހުއްޓުމެއްނެތި މިދަނީ ސަނީ ސައިޑް އޮފް ލައިފް ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓް ކުރަމުން." ތޮއްޔިބު ވިދާޅުވި އެވެ.

މިއަހަރުގެ ކުރީކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ 2022 ވަނަ އަހަރު ރާއްޖެއިން 6.1 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ލަނޑުދަނޑި ކަޑައަޅާފައިވާކަން އިއުލާން ކުރައްވާފަ އެވެ.

2 ވަނަ އަހަރުގެ ޖުލައި 31 ގެ ނިޔަލަށް 136،828 ފަތުރުވެރިންނާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. ރާއްޖެއަށް 2 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓެއްގެ ގޮތުގައި އޮތީ 109،926 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ. ތިން ވަނައިގައި 101،409 ފަތުރުވެރިންނާއި އެކު އޮތީ ރަޝިއާ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް