ads
ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތެރިޔާ އުއްޗުއާއެކު ރައީސުލް ޖުމްހޫރިއްޔާ
ފަތުރުވެރިކަމުގެ ދާއިރާއިން ރައީސްގެ "ގޯލްޑަން އެވޯޑް"
ފަތުރުވެރިކަމުގެ ދާއިރާއިން ރައީސްގެ "ގޯލްޑަން އެވޯޑް" ތައާރަފްކޮށް އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. ޓޫރިޒަމް މިނިސްޓްރީންވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް، އަންނަ ހަފްތާގެ އާދިއްތަ ދުވަހާ ހަމައަށް އެވޯޑަށް ކުރިމަތިލާން ހުޅުވާލާފައެވެ.
Advertisement

ރައީސުލް ޖުމްހޫރިއްޔާގެ ނަންފުޅުގައި ދެވޭ މި އެވޯޑުގައި ތަފާތު ކެޓަގަރީތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އޭގެ ތެރޭގައި ރިސޯޓްތަކާ، ހޮޓެލް، ސަފާރީ، ގެސްޓު ހައުސް ހިމެނެއެވެ. މީގެ އިތުރުން ލޯކަލް ޓޫރިޒަމްގެ ތެރެއިން އެންމެ ލޯކަލް ޓޫރިޒަމަށް އެންމެ ރަނގަޅު ރަށާއި، ވޯޓަ ސްޕޯޓްސް، ޑައިވް ސެންޓަރުތައް އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މިއުޒީޝަނުންނާއި އެ ނޫންވެސް ފަންނާނުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރި ފަރާތްތަކާ ގުޅޭ އެވޯޑްތައްވެސް ހިމެނެއެވެ.

އެވޯޑްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެވޯޑަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚެއް ކަމަށް މި ވަގުތު ކަނޑައަޅާފައިވަނީ މި މަހުގެ 11 ވަނަ ދުވަހެވެ.

ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މި އަހަރު، ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް ތައާރަފްކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްވެސް ޓޫރިޒަމް މިނިސްޓްރީންވަނީ ފަށާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް