ads
އަދީބު އަދި ރައީސް ޔާމީން
ރަށްތައް ވިއްކީ ޔާމީންގެ އަމިއްލަ އެކައުންޓަށް އަޅަންކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް!
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރަށްތައް ވިއްކާ ފައިސާގެ ސްކީމްތައް ކުރިއަށް ގެންދިޔައީ އަމިއްލަ އެކައުންޓަށް ރުފިޔާ އެޅުމަށާއި، އިންތިހާބުތަކަަށާއި، ބޭވަފާތެރި ނައިބު ރައީސްއަކު ވަކިކުރަން ފައިސާ ހޯދުމަށް ކަމަށް އޭރުގެ ޓްއަރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.
Advertisement

ވ. އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ މިއަދުގެ ޝަރީއަތުގައި ހެކިންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ އަދީބުގެ ހެކިބަސް މިއަދު ވަނީ ނަގާފައެވެ.

މިއަދު އޮތް ހެކިބަސް ނެގުމުގެ ފުރަތަމަ ސެޝަންގައި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ، ރައީސް ޔާމީންގެ ގާތްގުޅުމެއް އޮންނަ ރައްޔިތުން މަޖިލީހުގެ ވ. އަތޮޅު ކުރީގެ މެމްބަރު ޔޫސުފް ނައީމަށް އާރަށް ނުއަގުގައި ކުށްޔަށް ދިނީ ރައީސް އަބްދުﷲ ޔާމީން އަގަވައިގެން ކަމަށް ވިދާޅުވެފަ އެވެ. 

އެގޮތުން އެ ރަށް ފަސް މިލިއަނަށް ވިއްކަން ނިންމުމަށްފަހު، ދެ މިލިއަނަށް ކުޑަކުރީ ރައީސް ޔާމީން އަންގަވައިގެން ކަމަށް އަދީބު، ޒިޔަތު ކައިރީ ބުނެފައިވާ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ޓްރިޒްމް މިނިސްޓްރީ މެދުވެރިކޮށް ރަށްތައް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރަައީސް ޔާމީންގެ ފަރާތުން އެއްވެސް ނުފޫޒެއް ފޯރިތޯ ދައުލަތުން އަދީބާއި ސުވާލުކުރުމުން އޭނާވެސް ވިދާޅުވީ “ނުފޫޒު ފޯރުވި” ކަމަށެވެ.

އަދި ނުފޫޒު ފޯރުވަނީ ކޮން މަގުސަދެއް އޮވެގެންތޯ ސުވާލުކުރުމުން އަދީބު ވިދާޅުވީ، ސްކީމްތަކުގެ ތެރެއިން ރައީސް ޔާމީން އަމިއްލަފުޅު ބޭނުމަށް ފައިސާ ހޯދުމަށް ކަމަށެވެ. އަދި އެމަގުން ބޮޑެތި ތުހުމަތުތަކެއް ކުރެެއްވި އެވެ.

“2013 ގައި ބޮޑަށް ރިޔާސީ އިންތިހާބަށް. ދެން އެއަށްފަހު ޕާލިމެންޓު އިންތިހާބަށް. އަދި ހަމައެހެންމެ މެމްބަރުން ގަންނާށާއި ދައުލަތުގެ ހުރިހާ ވުޒާރާތަކެއްގެ ބޭފުޅުންނަށް ރިޝްވަތު ދޭށާއި، އަމިއްލަ ފުޅަށް އެކައުންޓަށް ލައްވާށާއި، އޭރުގައި ގާނޫނު އަސާސީއަށް ގެންނެވި ބަދަލުތަކާއި، އަދި ހަމައެހެންމެ އޭރުގައި ބޭވަފާތެރިވި ނައިބު ރައީސެއް ވަކިކުރަން ވެގެން ހަރަދުކުރެެެއްވި. އެ ހުރިހާ ކަމަކަށް ފައިސާ ހޯދަން” ހެކިބަސް ދެމުން އަދީބު ވިދާޅުވި އެވެ.

މިގޮތަށް ވިދާޅުވެ ނިންމަވާލެެއްވުމުން ޝަރީއަތުގެ މަޖިލީހުގެ ފަހަތުގައި ތިއްބެވި ބައެެއް ބޭފުޅުން ހޭ އަޑުއިވޭތީ ޝަރީއަތުން ވަނީ “ސަކަރާތް ނުޖައްސަވާ އަޑުއެއްސެވުމަށް” އެދިފައެވެ. އަދި ސަކަރާތްޖަހާ އަޑުގަދަކޮށް ހީ ހަދާނަމަ ޝަރީއަތުން ބޭރުކުރައްވާނެ ކަމުގެ އިންޒާރު ދެއްވި އެވެ.

ނުފޫޒުފޯރުވި މިންވަރާއި ބެހޭގޮތުން ސުވާލުކުރުމުންވެސް އަދީބު ތަކުރާރުކުރެއްވީ އެއްވާހަކަތަކެކެވެ. ނަމަވެސް ނުފޫޒުފޯރުވި ސީދާ ކަންކަމެއް ވިދާޅެއް ނުވެވުނެވެ.

ރަށްތަކާއި ސްކޭމްތަކުން އަމިއްލަ ފައިދާއަށް ފައިސާ ނެންގެވިކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެެެއް އަދީބު ކުރެއްވިއިރު، އޭނާއަކީ އެމްއެމްޕީއާރްސީ މައްސަލައިގެ ހިޔާނާތުގައި ދައުވާކޮށް ހުކުމް އިއްވާފައިވާ މީހެެކެވެ. އޭނާގެ އަދަބު ލުއިކޮށްދީފައިވަނީ ދައުލަތާއިއެކު ހެދި އިއުތިރާފުގެ އެެެއްބަސްވުމެެއްގެ ދަށުންނެވެ. އަދި އޭނާ މިވަގުތު ހުންނެވީ ބަލިކަމަށް ބުނެ ގޭގައެވެ.

އެއްމައްސަލައެެއްގައި ކުށް ސާބިތުވެ ދައުލަތާއިއެކު އިއުތުރާފު އެއްބަސްވުން ހަދާފައިވާ ދެ މީހުނަަށްވާތީ ދައުލަތުން ހުށަހެޅި ހެކީގެ ތެރެއިން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ކުރިންވެސް ޔާމީންގެ ފަރާތުން އެދުނެވެ. އަދި އެއީ މައްސަލައިގައި ހެކިބަހުގެ ސައްހަކަން ގެއްލޭނެ ކަމެއްގެ ގޮތުގައި އެކަންބޮޑުވުންވެސް ޔާމީންގެ ފަރާތުން އޮތީ ފާޅުކޮށްފައެވެ. އެގޮތުން އެދެމީހުންނަކީ ޔާމީނާ ދެކޮޅަށް ހެކި ހުށަހަޅަން ދައުލަތުން ތައްޔާރުކޮށްފައިވާ "މެޝިން" ތަކެއްގެ ގޮތުގައި އަދި "ފާސިގުން"ގެ ގޮތުގައި ސިފަކޮށްފައިވެެއެެވެ. 

އަދި އަދީބާއި ޒިޔަތުގެ ހެކިބަހަކީ އެހެކިބަހަށް އެހެން ހެއްކެއް ނުވަތަ ގަރީނާއެއް ނެތް ހާލަތުގައި އެހެކިބަހަށް ބުރަދަނެއް ދިނުން ރައްކާތެރި ހެކިބަހެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޝަރީއަތުން ވަނީ އެދެމީހުންގެ ހެކިބަސްވެސް ބަލައިގަނެފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް