ads
ޔާޔާ
ޔާޔާ ނަބީލް 10 ދުވަހަށް ބަންދު
އަންހެނަކަށް ހެދިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބަރަހަނާވާތީ މީގެ ކުރިން ވެސް އެކިފަހަރު ހައްޔަރުކޮށްފައިވާ މުހައްމަދު ނަބީލް 10 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

10 ދުވަހަށް ޔާޔާ ނަބީލް ހައްޔަރު ކުރަން އަމުރު ކުރީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއުއެވެ. އުމުރުން 40 އަހަރާ ގާތްވެފައިވާ ޔާޔާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ސޯޝަލް މީޑިއާގައި އިސްލާމް ދީނާ ޚިލާފް ކޮންޓެންޓް ޕޯސްޓްކުރުމުގެ ތުހުމަތެވެ.

 10 ދުވަހަށް ޔާޔާ ހައްޔަރުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު އަމުރު ކުރިއިރު، މި ދިޔަ މަހުގެ ފަހުކޮޅުވެސް އޭނާ ހައްޔަރު ކުރިއެވެ. އެހެންނަމަވެސް މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ކޯޓުން އޭނާ ދޫކޮށްލީއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް