ads
މުޖުތަމައުއަށް ނުރައްކާކޮށްގެން ހައްޔަރުކުރި ބިލީ ދަ ގޯޓް
މުޖުތަމައުތެރޭ ބިރުވެރިކަން އުފެއްދިކަމުގެ ތުހުމަތުގައި، ބަކަރިއެއް ހައްޔަރުކޮށްފި
އެމެރިކާގެ އެރިޒޯނާ ފުލުހުން ބުނީ، “ބިލީ ދަ ގޯޓް” ނަމަކަށް ކިޔާ މި ބަކަރި ހައްޔަރުކުރީ “ކޮމިއުނިޓީއެއް ޓެރަރައިޒް ކުރި މައްސަލައިގައި” ކަމަށެވެ.

އެ ބަކަރީގެ މައްޗަށް ދައުވާ ވެސް އުފުލާފައިވާއިރު، ދައުވާ އުފުލާފައިވަނީ 

  • ހުއްދައެއް ނެތި ތަނަކަަށް ވަނުން،
  • ހަމަލާދިނުން
  • ތަކެއްޗަށް ގެއްލުންދީ، މުޖުތަމައުގެ އަމާންކަން ނަގާލުމުގެ ކުށުގެ ދައުވާ ކަމަށް މެރިކޯޕާ ކައުންޓީ ޝެރިފް އޮފީހުން  ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. 

މި ބަޔާން އެ އޮފީހުން ނެރުނީ އެތައް ގަޑިއިރެއްގެ މަސައްކަތައް ފަހު، އެންމެފަހުން ބަކަރި އަތުލައިގަތުމަަށްފަހު އެވެ.

އެ އޮފީހުން ބުނިގޮތުގައި ގިނަ ގަޑިއިރުތަކެއްް ވަންދެން އެ ބަކަރި ވަނީ “މުޖުތަމައުގައި ހަލަބޮލިކަން އުފައްދައި، އާއްމުންގެ ތަކެއްޗަށް ގެއްލުންދީ، މުޖުތަމައުގައި ބިރުވެރިކަން އުފައްދާފައި” އެވެ.

އެގޮތުން ގަރާޖު ދޮރަކާއި އިލެކްޓްރިކަލް ވަޔަރަކަށް ގެއްލުންދީ އަދި ކާރެއްގެ ވަށައިގެން މީހެއްގެ ފަހަތުން ދުވެފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ނަމަވެސް ބިލީ ދަ ގޯޓުގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމާއި ހަމަޔަށް ދިޔައީ އޭތި ހިފެހެއްޓައި އަތުލައިގެން، ޑެޕިއުޓީގެ ގަޔަށް ކުޑަކަމުދިއުމުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. 

މިކަމުގެ ސަބަބުން އެ ބަކަރި “ހާއްސަ ބިޑިއެއް އަޅުވައި،” ޖެހިގެން އައި ދުވަހު ހެނދުނު ޖަނަވާރުތައް ގެންގުޅުމުގެ ހާއްސަ ތަމްރީން ލިބިފައިވާ ބަޔަކު އެ ބަކަރި ނަގަންދެން ހައްޔަރުކޮށްގެން ބަލަހައްޓައިފައިވެއެވެ.

89%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް