ads
ފޮޓޯ: ދި ޑެއިލީ
އަމިއްލައަށް ދިފާއުވުމަށް ފުލުހުންނަށް ފިސްތޯލް ދިނުމަށް އެދިއްޖެ
މަސައްކަތުގެ މާހައުލުގަޔާއި، މަސައްކަތުން ބޭރުގައި އުޅޭއިރު ފުލުހުންނަށް ކުރިމަތިވާ ނުރައްކާތެރި ހަމަލާތަކުން ދިފާއުވުމަށް، ފުލުހުންނަށް ފިސްތޯލް ދިނުމަށް ކާާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފި އެވެ.

ގޭންގުތަކުން ފުލުހުންނަށް ހަމަލާދީ މަރުގެ އިންޒާރު ދެމުންދާތީ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ޖާބިރު މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަަލައެއް ހުށަހަޅުއްވާފައެވެ. 

އެ މައްސަލައަށް ބަހުސްކުރުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރުމާއިއެކު އެކަމަށް ޝުކުރު އަދާކުރައްވާ ޖާބިރު ވިދާޅުވީ، ފުލުހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް މަޖިލީހުގެ މެމްބަރުން އިސްކަން ދޭ މިންވަރު އެކަމުން ހާމަވާ ކަމަށާއި، ދެން އެދެނީ އެކަށީގެންވާ ތަމްރީންތަކާއިއެކު، ފުލުހުންނަށް ފިސްތޯލްއެއް ލިބޭނެ ގޮތަކަށް މަސައްކަތް ކޮށްދެންވުން ކަމަށެވެ.

”އަޅުގަނޑު އުންމީދުކުރަނީ މި ރާއްޖެ ހަަމަ މަގަށް އެޅުވުމުގައި ދިވެހިރާއްޖޭގެ ފުލުހުންނަށް ވަގުތު ސަލާމަތްކުރުމަށްޓަކައި، މިހިދުން މިހިދަށް ތަހުޒީބުކޮށް ޓްރައިންކޮށްފައި ފިސްތޯލެއް ދިނުމަށް،“ ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ، ރާއްޖޭގައި ފުލުހަކު މަރާލުމަކީ ވަރަށް ކުޑަކަމެއްގެ ގޮތުގައި ދެކޭތީ ހިތާމަކުރައްވާ ކަމަށެވެ. 

އެގޮތުން ކާށިދޫގައި ހިގައިދިޔަ އެފަދަ މަރެއްގެ ވާހަކަ ޖާބިރު ފާހަގަކުރެއްވި އެވެ. ޖާބިރު ވިދާޅުވީ، ކާށިދޫގައި ފުލުހަކު މަރާލާފައިވަނީ، ގޭބަންދަށް ދޫކޮށްފައި ހުރި މީހަކު ރަށުތެރޭގައި ހިގާތީ، ގެއަށް ވަންނާށޭ ބުނެގެން ކަމަށެވެ. 

”ގެއަށް ވަންނާށޭ ބުނީމައި ޖެހިޖެހީނުން މަރާލީ! އެ ފުލުސްމީހާގެ ދަރިންނަކީ ކާށިދޫގެ ރައްޔިތުން އެ ފުލުސްމީހާއަކީވެސް ކާށިދޫ ރައްޔިތެއް،“ ޖާބިރު ވިދާޅުވި އެވެ.

 

ޖާބިރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން މިއަދު ތިބީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށެވެ.

ފުލުހުންނަކީ ދިވެހީންނަށް ދިމާވާ ކޮންމެ ނުރައްކަލަކުން ސަލާމަތްތެރިކަން ކަށަވަރުކޮށްދެމުން އައި ބަަޔެއް ނަމަވެސް، ފުލުހުންނާއިމެދު ރައްޔިތުންގެ އިތުބާރު ގެއްލި، ބިރުކެޑިފައިވަނީ، ސިޔާސީ ބޭނުންތަކަށް ފުލުހުން އެކި ދުވަސްވަރުގައި ސިޔާސީ ވެރިން ބޭނުން ކުރުމުގެ ސަބަބުން ކަމަށެވެ. 

ކުއްލި މައްސަލައާއިމެދު ބަހުސްކުރުމަށް ފެންނަ ކަމަށް ފާސްވެ، މިހާރު ދަނީ ބަހުސްތައް ފަށައިގެން ކުރިއަށެވެ. 

ޖާބިރުގެ މި ކުއްލި މައްސަލަ ހުށަހެޅިއިރު، ވައްކަމުގެ ތުހުމަތެއްގައި ގޭންގަކަށް ނިސްބަތްވާ މީހަކު ހައްޔަރުކުރުމުން ގޭންގަކުން މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރުދިން މައްސަލާގައި ހައްޔަރުކުރި މީހާ އިއްޔެ ވަނީ ދޫކޮށްލާފައެެވެ. 

ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް އޭނާ ދޫކޮށްލީ، އޭނާ ހައްޔަރުކޮށްފައިވަނީ، ކުށުގެ ވެށިން ނޫންކަމަށްވާއިރު، ކޯޓުގެ އަމުރެއް ނުހޯދާ ކަމަށް ބުނެ އެވެ.

43%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް