ads
އެމްއެންޕީގެ ކޮންގްރެސްގެ ތެރެއިން
އާންމު ސިޔާސަތުތައް ފާސްކޮށް އެމްއެންޕީގެ ކޮންގްރެސް ނިންމާލައިފި
މޯލްޑިވްސް ނޭޝަނަލް ޕާޓީ- އެމްއެންޕީގެ އާއްމު ސިޔާސަތުތައް ފާސްކޮށް، އެ ޕާޓީގެ ފުރަތަމަ ކޮންގްރެސް- ނޭޝަނަލްސް ކޮންވެންޝަން ނިންމާލައިފިއެވެ.

ރޭ ފެށުނު ކޮންގްރެސް ނިންމާލީ މިރޭ އޮތް ހާއްސަ ޖަލްސާއިންނެވެ. މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ، ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރެއާއި މިއަދު ކުރިއަށް ދިޔަ އެމްއެންޕީގެ ކޮންގްރެސްގައި ފާސްކޮށްފައިވާ އެ ޕާޓީގެ އާއްމު ސިޔާސަތުތައް ބެހިގެންވަނީ މައިގަނޑު 9 ދާއިރާއަކަށެވެ. އެކަންކަން ފާސްކުރީ އެ ޕާޓީގެ މެންބަރުންގެ މެދުގައި ފުޅާ މަޝްވަރާތަކެއް ކުރުމަށް ފަހުއެވެ.

އެމްއެންޕީގެ އާއްމު ސިޔާސަތު ހިމެނޭ 9 ދާއިރާ

ދީނާއި ގައުމިއްޔަތު

ހެޔޮ ވެރިކަން

ޖިސްމާނީ އާއި ނަފުސާނީ ދުޅަހެޔޮ ކަން

ފުންދުންތެރި ދިވެއްސެއް

އިގުތިސާދާއި ދަތުރުފަތުރު

އަދުލު އިންސާފާއި މުޖުތަމައުގެ ސަލާމަތްތެރިކަން

ހައްގުތަކާއި ހިޔާވަހިކަން

ވެށީގެ ރައްކާތެރިކަން

ގައުމީ އުފެއްދުންތެރިކަމާއި ތަރައްގީ

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް