ads
ރައީސް މުހައްމަދު ނަޝީދު
ރާއްޖޭގައި ކެސިނޯ ހިންގުން މަނަލެއް ނޫން: ރައީސް ނަޝީދު
ރާއްޖޭގެ ރިސޯޓުތަކުގައި ކެސިނޯގެ ހިދުމަތް ނުދެވެނީ އެކަމަށް ސާފު ގަވާއިދުތަކެއް ނެތުމުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކެސިނޯ ލައިސެންސް ދިނުމާއިމެދު ގެންގުޅުވާ ވިސްނުމަކީ އަދި އެކަން މަނާކުރަނީ ކޮން ބައެއްތޯ މިއަދުގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ކުރެން އައްސަވާފަ އެވެ.

އެ ސުވާލަށް ޖަވާބު އެރުވުމަށް މިނިސްޓަރު މަހްލޫފަށް ފުރުސަތު ދެއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބައްލަވަމުން ގެންދެވި ރައީސް ނަޝީދު ވިދާޅުވީ، އެކަމަކީ އެއްވެސް ގަވާއިދަކުން މަނާކުރާ ކަމެއް ނޫން ކަމަށެވެ. ނަަމަވެސް އެކަމަށް ސާފު ގަވާއިދުތަކެއް ނެތުމުން ރިސޯޓުތަކުން އެ ހިދުމަތް ނުދެވޭ ކަމަށް ވިދާޅުވި އެވެ. 

”ތަކުރާރުކޮށް ނިކުންނަ ސުވާލެެއް މިއީ ކެސިނޯގެ ލައިސެންސެއް ރާއްޖޭގައި ދިނުމާއި ގުޅޭގޮތުން، ފާހަގަވާ ކަމަކީ އެއީ އެއްވެސް ގަވާއިދަކުން މަނާ ކުރާ ކަމެއް ނޫން އެހެންނަމަވެސް ސާފު ގަވާއިދުތަކެއް ނެތުމުން ރިސޯޓުތަކަށް އެމަސައްކަތް ނުކުރެވި އެ ހިދުމަތް ނުދެވި ވާކަމަށް ތަކުރާރުކޮށް އިއްޒަތްތެރި މެމްބަރުން ފާހަގަކުރައްވާ، “ ނަޝީދު ވިދާޅުވި އެވެ.

އެޔަށްފަހު މިނިސްޓަރު މަހްލޫފު ވިދާޅުވީ، ކެސިނޯގެ ހިދުމަތުގެ ހުއްދަދިނުމަކީ އެބޭފުޅާގެ އަތުގައި އޮތް ކަމެއް ނޫން ކަމަށާއި، އެއީ ޓްއަރިޒަމް މިނިސްޓަރުގެ ޒިންމާގެ ތެރެއިން ވާ ކަމެެއް ކަމަށެވެ.

ނަމަވެސް ރިސޯޓުތަކުގައި ރާ ބުއިމާއި އެހެނިހެން ދީނާއި ނުގުޅޭ ކަންކަން ކުރާއިރު، އެކަން މަނާނުކޮށް ކެސިނޯގެ ހިދުމަތް ދިނުމަކީ މަނާކަމެއް ކަމަށް ބުނާތީ މިނިސްޓަރު މަހްލޫފުގެ ވާހަކައިގައިވެސް ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ، ރިސޯޓުތަކުގައި ރާ ހަރާމުނުވާއިރު، ކަސީނޯގެ ނަން ގަތަސް އެކަން ރާއްޖޭގައި ގޯސްވާ ކަމަށާއި، އެކަމުގެ މަޝްވަރާވެސް ކޮށްލަން ނުކުރި ތިބެނީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށެވެ. 

ނަމަވެސް އެ ވިސްނުން ދޫކޮށްލައި ދީނީ ކަންކަމުގައި ހިލާފު އުޅޭ ކަންކަމުގައި މަޝްވަރާ ކުރުމުގެ އުސޫލު ގެންގުޅެ އެހެން ގައުމުތަކުގައި އުޅޭގޮތަށް އުޅެން ދިވެހިން ދަސްކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ މިވާހަކަތަކާއި ގުޅިގެން މެމްބަރަކު ނިޒާމީ ނުކުތާއެއް ނަގަން އުޅުމުންވެސް ނަޝީދު ވަނީ އެ ފުރުސަތު ނުދީފައެވެ. ނަޝީދު ވިދާޅުވީ، މިނިސްޓަރުގެ ޖަވާބު ”އިންތިހާއަށް ރަނގަޅު“ ކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް