ads
ބަންޑުން ޖަހާލި ލޯންޗު——
ބަންޑުންޖަހާލި ލޯންޗުން ގެއްލުނު ޒުވާނާގެ ވަނަވަރު ހާމަކޮށްފި
އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ލޯންޗުން ގެއްލިގެން ހޯދަމުންދާ ޒުވާނާގެ ވަނަވަރު ހާމަކޮށްފި އެވެ.

މިމަހުގެ ހަވަނަ ދުވަހު މާލެއިން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ގެއްލިގެން ރިޕޯޓުކޮށްފައިވަނިކޮށް، އެ ލޯންޗު އއ. މާޅޮސް ކައިރިން ބަންޑުން ޖަހާލާފައި އޮއްވާ އިއްޔެ ވަނީ ފެނިފަ އެވެ.

އެ ލޯންޗުން ދަތުރުކުރީ ދެމީހުން ނެވެ. އޭގެތެރެއިން އެކަކު އަދިވެސް ނުފެނެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓުގާޑު ގުޅިގެން ދަނީ ކުރަމުން ނެވެ.

އެމްއެންޑީއެފް އިން އާއްމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން، ގެއްލިގެން ހޯދަމުން ދަނީ ސ. ހިތަދޫ، މިންހާ, މުހައްމަދު މިންހާޖު ކިޔާ އުމުރުން 28 އަހަރުގެ ޒުވާނެކެވެ.

އޭނާ ގެއްލުނުއިރު، ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެކެވެ.

އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް ގުޅުމަށް އެމްއެންޑީއެފްއިން އެދެއެވެ. އަދި ވައިބަ ކުރައްވާނަމަ 9931082 އަށް ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރުމަށް ވަނީ އެދިފައެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި މިންހާޖު ހޯދުމަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާރު ވަނީ ބަލާފައެވެ.

މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް "ހަކުރާ" އަދި އެމްއެންޑީއެފް ޑޯނިއަ ފްލައިޓް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

އެ ލޯންޗު ދަތުރުކުރި މީހުންގެ ތެރެއިން ފެރިދޫ ފުއްޓަރާއި ދިމާއިން ފެނުނު މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދީފައިވެއެވެ.

އެ މަރުކަޒުގެ މެނޭޖަރު މަރިޔަމް މިއަދު ”ސީއެންއެމް“ އަށް ވިދާޅުވީ، އެމީހާ އެ މަރުކަޒަށް ގެނެވުނު އިރުވެސް އެހާ ހާލުދެރަ ނޫންކަމަށާއި، ފަރުވާދީފައިވަނީ ޑީހައިޑްރޭޝަން އަށް ކަމަށެވެ. 

އަދި މިހާރު އޭނާ ވަނީ މާލެ ފޮނުވާލާފައެވެ. އޭނާގެ ހާލު ރަނގަޅުކަން އޭނާ ޔަގީންކޮށްދިނެވެ. 

44%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް