ads
ފަތުރުވެރިންތަކެއް——
ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފި
ރާއްޖެއަށް މިހާތަނަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަން އަށް ވުރެ އިތުރު ވެފައި ވާކަމަށް، ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ، ޖުމްލަ 1،321،932 ފަތުރުވެރިންނެވެ. އެހެން ނަމަވެސް މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ވަނީ، 1،214،544 ފަތުރުވެރިން ޒިޔާރަތް ކޮށްފަ އެވެ. 

އެހެން ކަމުން މި އަހަރަށް ރާއްޖެއަށް އަންނާނެ ކަމަށް މިނިސްޓްރީން އަންދާޒާ ކުރި، 1.6 މިލިއަންގެ އަމާޒަށް ވާސިލް ވެވޭނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. 

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ، އަވަށްޓެރި އިންޑިއާއިންނެވެ. އެގައުމުން މިހާތަނަށް 172،911 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވާއިރު، ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ، ރަޝިއާއިންނެވެ. އެގައުމުން 146،806 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ. 

ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ، އިނގިރޭސި ވިލާތުންނެވެ. އެގައުމުން 133،280 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ހަތަރުވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ، ޖަރުމަނުވިލާތުންނެވެ. އެގައުމުން 97،145 ފަތުރުވެރިން ވަނީ މިހާތަނަށް ޒިޔާރަތް ކޮށްފަ އެވެ. ފަސް ވަނައިގައި 69،707 ފަތުރުވެރިންނާއި އެކު އޮތީ އިޓަލީ އެވެ. 

މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ ޗައިނާ އިން ކޮވިޑް އާއި ގުޅިގެން ފަތުރުވެރިން އައުން ހުއްޓާލުމަށްފަހު މި ފެށޭ ސީޒަނުން ފެށިގެން ރާއްޖެއަށް އެގައުމުން ފަތުރުވެރިން އަންނަން ފަށާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ޗައިނާގެ ފަތުރުވެރިން އަންނަން ފެށުމުން ސަރުކާރުން އަމާޒު ހިފާފާ ވަރަށް ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ބެލެވެ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް