ads
ޔާމީން އިހަވަންދޫގައި
ޔާމީންގެ އުތުރު ދަތުރުފުޅު: އިހަވަންދޫން ހޫނު މަރުހަބާއެއް
ރައީސް ޔާމީން ރާއްޖޭގެ އެންމެ އުތުރަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި، ހއ. އިހަވަންދޫއަށް މިއަދު ހަވީރު ވަޑައިގެންނެވުމުން އެ ރަށުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އިހަވަންދޫއަށް ރައީސް ޔާމީން ވަޑައިގެންނެވުމުން އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނުކުމެ ތިއްބެވެ. އޭގެ ތެރޭގައި ޒުވާނުންނާއި ކުޑަ ކުދިންގެ އިތުރުން ދުވަސްވީ މީހުން ހިމެނެއެވެ. 

ފޮޓޯތަކުން ފެންނަ ގޮތުގައި ފިޔާތޮށި ކުލައިން މުޅި ސަރަހައްދުވަނީ ޒީނަތްތެރިކޮށްފައެވެ.

އިހަވަންދޫއަކީ ރައީސް ޔާމީން އުތުރުގެ 5 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފުރަތަމަ މަންޒިލެވެ. އެ ރަށުގައި މިރޭ އެ މަނިކުފާނު ބައިވެރިވެވަޑައިގަންވާ ބޮޑު ޖަލްސާއެއް އޮންނާނެ ކަމަށް ޕީޕީއެމުން ބުނެއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް