ads
ނޫސްވެރިންގެ ބައްދަލުވުން
މީހުން މެރުމަށް ކުޑަކުދިން ދަނީ ރެކްރޫޓުކުރެވެމުން، ބެލެނިވެރިން ސަމާލުވާން އެދެފި
ކުދިން ރެކުރޫޓު ގިނައިން ކުރަނީ އޮންލައިން ގޭމިން މެދުވެރިކޮށް
މީހުން މެރުންފަަދަ ބޮޑެތި ކުށްތަކަށް ކުޑަކުދިން އޮންލައިން ގޭމިންތެރެއިން ރެކްރޫޓުކުރަމުން ދާތީ ސަމާލުވާން ބެލެނިވެރިންނަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

އައްޑޫ ސިޓީގެ ގެއަކަށްވަދެ މަރާލި މުހައްމަދު ޒަޔާން މޫސާ މަރުގެ އެންމެ ފަހުގެ ތަފްސީލްތައް ހާމަކުރުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނިގޮތުން، އެ ހަމަލާދީފައިވަނީ 15 އަހަރާއި 19 އަހަރާއި ދެމެދުގެ ހަ ކުއްޖަކު ވެގެން ނެވެ.

އެ ކުދިން އެ އަމަލު ހިންގުމަށް މަޝްވަރާދީ ހިތްވަރުދީ، އެކަމަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދީ ހެދީ އެކަމުގައި އަޑީގައި ތިބެގެން ބޮޑެތި ކުށްތައް ކުރާ މީހުން ކަމަށް ފުލުހުން މިއަދު ބުންޏެވެ. އެމީހުންގެ މަގުސަދަކީ ކުޑަކުދިން "އެކްސްޕްލޮއިޓް" ކޮށްގެން ކުށުގެ ވެއްޓަށް އަހުލުވުވެރި ކުރުވުން ކަމަށް ފުލުހުން ބުންޏެވެ.

އެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން  ރައްޔިތުން ސަމާލުކަން ދޭންޖެހޭ ކަމެއްގެ ގޮތުގައި އެ މަރުގެ ތަހުގީގުތެރެެއިން ފާހަގަވި ކަމެއް ފުލުހުން ފާހަގަކުރެއްވިއެވެ. 

”މި ހަމަލާގައި ބައިވެރިވި ކުޑަކުދިންގެ ތެރެއިން ބައެއް ކުދިން ރެކްރޫޓުކުރެވިފައި ހުރިކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ އޮންލައިން ގޭމިންގެ ތެރެއިން، ގޭމުގެ ތެރެއިން ކުދިންނާއި މުއާމަލާތު ކުރެވިގެން އެކުދިންނާއި ބައްދަލުކުރެވިގެން ކުދިންނަށް ވަކި ކަހަލަ މާހައުލުތަކެއް އުފައްދައިދީގެން އެތަންތަނުގައި ގޭމުކުޅެވޭނެ ފުރުސަތުދީގެން އެކަންކަން ކޮށްފައި އެބުހުރި“ފުލުހުން ބުންޏެވެ.

 

އެހެންކަމުން ޅަ ދަރިން ބޭރުތެރޭގަޔާއި، ގޭތެރޭގައި ގޭމުކުޅޭއިރުވެސް މުއާމަލާތު ކުރާ މީހުންނާއި ކުރާ ކަންކަން ވީހާވެސް ގާތުން ބެލުމަށް ފުލުހުން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ، ކުޑަކުދިން ގުރޫމްކޮށް އެކްސްޕޮލައިޓް ކުރާ ފަރާތްތަކުން އެކުދިންނަށް ބައިސިކަލް ގަނެދީ، އަދި ބައެއްފަހަރު ސައިކަލް ދީ، ކޮފީ ބޯނެ ތަންތަން ހަދައިދީ ކޮފީ ބޯން ގެންގޮސްދީ ރެސްޓޯރަންޓުތަކަށް ގެންގޮސްދީ ހަދާ ކަމަށާއި އެކަންކަން ކުރަނީ އެކުދިންގެ އިތުބާރާއި ލޯބި ހޯދައިގެން އެމީހުން ބޭނުންވާ ކަންކަން ކުރުވުމަށް ތައްޔާރުކުރުމުގެ ގޮތުން ކަމަށެވެ.

”އަދި ބައެއް ހާލަތްތަކުގައި 16 އަހަރާއި 18 އަހަރާއި ދެމެދުގެ ބައެއް ކުދިން ވަކިތަންތަން ހިފައި ބައިތިއްބާ މިކަންތައްތައްވެސް ކުރަމުންދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި، އެހެންވީމައި މިކަންތައްތަކަކީ ބެލެނިވެރިން ސަމާލުވާން ޖެހޭނެ ކަންކަންވީމައި އަޅުގަނޑުމެން ހިތަށް އެރީ މިވަގުތު މިކަންވެސް ފާހަގަކޮށްލަން، “ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން ފުލުހުން ބުންޏެވެ.

ޒަޔާންގެ މަރުގައިވެސް ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިކުރުވާފައިވާއިރު، މިމައްސަލައިގެ ތަހުގީގަށް 18 އަހަރުން ދަށުގެ ހަތަރު ކުއްޖަކު ހިމެނޭހެން ޖުމްލަ 11 މީހަކު ހައްޔަރުކޮށްފައިވެއެވެ. 18 އަހަރުން ދަށުގެ، 15 އަހަރުގެ ދެކުދިންނާއި، 16 އަހަރުގެ ދެކުދިންނާއި، 17 އަހަރުގެ ކުއްޖެއް ހިމެނެއެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް