ads
ސިފައިން ހަތިޔާރާއި އެކު މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ކައުންޓަ ޓެރަރިޒަމް އޮޕްރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފި
ކައުންޓަ ޓެރަރިޒަމް އޮޕްރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފި އެވެ.

މިމީހުން ހައްޔަރުކޮށްފައިވަނީ މާލޭ ސިޓީ، އައްޑޫ އަދި ކ. ގުރައިދޫ އިން ނެވެ. މި އެންމެންނަކީވެސް ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެ ފެށި މި އޮޕަރޭޝަންގައި މިހާތަނަށް 13 މީހަކު ހައްޔަރުކުރިއިރު، އެ އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް ކަމަށް ފުލުހުން ބުންޏެެވެ.

ދިވެހި ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފް ގުޅިގެން ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަނެއް އިއްޔެ ފެށީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކަމަށް ވެެއެވެ. ނަމަވެސް ފުލުހުންވެސް އަދި އެމްއެންޑީއެފް އިންވެސް މިކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

އިއްޔެއިން ފެށިގެން ފުލުހުން ދަނީ، މާލެއާއި އައްޑޫ ސިޓީއާއި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދު ބަލައި ފާސްކުރަމުން ނެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލު ހާމަ ކުރެވެން އޮތް މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ. 

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ މައުލޫމާތަކާއި ގުޅިގެން މިއަހަރުގެ މާޗު މަހުގެ ތެރޭގައިވެސް ޖޮއިންޓް އޮޕަރޭޝަނެެއް އައްޑޫ އާއި މާލޭގައި ހިންގާފައި ވެއެވެ. އެ ފަހަރުގެ އޮޕަރޭޝަންގައި އައްޑޫއިން ނުވަ މީހަކު ހައްޔަރުކުރި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް