ads
އެޑިއުކޭޝަން މިނިސްޓަރު އަރަބިއްޔާގެ ބެލެނިވެރިންނާއެކު
އަރަބިއްޔާގެ އާ އިމާރާތް ހުޅުވޭނީ 2024 ގައި
މިހާރު އިމާރާތްކުރަމުންދާ އަރަބިއްޔާގެ އާ އިމާރާތް 2024 ވަނަ އަހަރުތެރޭ ހުޅުވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއަށް މިނިސްޓަރު އައިޝަތު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އަރަބިއްޔާ ސްކޫލު 2024 ގައި ހުޅުވިގެންދާނީ ”ބާރަބަރު“ ސްކޫލެއްގެ ގޮތުގައި ކަމަށެވެ.

”މި ސްކޫލު ވެގެންދާނީ ސްކޫލެއްގެ ދަރިވަރުންނަށް ބޭނުންވާ ހުރިހާ ކަންކަމެއް އެ ސްކޫލުތެރެއިން ލިބެން ހުންނަ ސްކޫލަކަށް. އަޅުގަނޑުމެން މިކިޔާ ބަރާބަރު ސްކޫލެއްގެ ގޮތަށް އެ ސްކޫލުވެސް އެޅިގެންދާނީ، “ މިނިސްޓަރު ވިދާޅުވި އެވެ.

އަރަބިއްޔާ ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ ބާ ޖަމާލުއްދީން ތަޅާލުމަށްފަހު އެތަނުގައި އަޅާ އާ އިމާރާތަށެވެ.

އަރަބިއްޔާގެ އާ އިމާރާތެއްގެ މަސައްކަތް ސަރުކާރުން ފެށީ އެތަނުގައި ދަރިވަރުންނަށް ކިޔަވައިދިނުން ރައްކާތެރި ނޫން މިންވަރަށް ރެދުލައި ސްކޫލު ބާވެފައިވާކަމުގެ ކަންބޮޑުވުން ބެލެނިވެރިން ކުރަން ފެށުމުން ނެވެ.

އަރަބިއްޔާ މަޝްރޫއުއަކީ އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން 420 ދުވަސްތެރޭ އެމަސައްކަތް ނިންމާގޮތަށް ކުރިއަށްދާ މަޝްރޫއުއެކެވެ. އެންމެ ފަހުން ސަރުކާރުން ބުނެފައިވާގޮތުގައި އެތަނުގައި މިހާރު ކުރިއަށްދަނީ އަރަބިއްޔާ އަޅާ ބިމުގައި ހުރި ބާޖަމާލުއްދީން ތަޅާލުމުގެ މަސައްކަތެވެ. އެމަސައްކަތް ނޮވެމްބަރު މަހުގެ ފަހުކޮޅަށް ނިމޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެމަސައްކަތަކީ 168 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓުކޮށްގެން ކުރިއަށްދާ މަސައްކަތެކެވެ. 

ސަރުކާރުން ބުނާގޮތުން، އަރަބިއްޔާ ނިމޭއިރު ކުރީގެ އަރަބިއްޔާއަަށްވުރެ މާ ފުރިހަމަވެފައި ޖާގަވެސް ތަނަވަސްވާނެ އެވެ.

އެގޮތުން:

  • އަރަބިއްޔާގެ ކުރީގެ އިމާރާތުގައި 26 ކްލާސް ރޫމު ހުރިއިރު އަލަށް އަޅާ އިމާރާތުގައި 41 ކްލާސް ރޫމް ހުންނާނެ
  • ބާ އަރަބިއްޔާގައި ހުރީ 44 ފާހާނަ، އާ އިމާރާތުގައި 110 ފާހާނަ ހުންނާނެ
  • ބާ އަރަބިއްޔާގައި ހުރީ ތިން ލެބް، އާ އިމާރާތުގައި ހަތަރު ލެބް ހުންނާނެ
  • އިންޑޯ ގާޑަންއެއްް އިތުރުކުރެވޭނެ
  • ބާ އަރަބިއްޔާގައި ދެ ސްޓާފް ރޫމް، އާ އިމާރާތުގައި ހަތަރު ސްޓާފް ރޫމް
  • ބާ އިމާރާތުގައި ހުރީ ދެ އެޑްމިން ބްލޮކް، އާ އިމާރާތުގައި ތިން ބްލޮކް
  • ބާ އިމާރާތުގައި ހުރީ ދެ ލިފްޓު، އާ އިމާރާތުގައި ހަތަރު ލިފްޓު 
  • އެކްޓިވިޓީ އޭރިއާގެ ފަސް އޭރިއާ ހުންނާނެ
  • ރީޑިން އޭރިއާގެ ދެ އޭރިއާ ހުންނާނެ
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް