ads
ވިނަރެސް ފްލެޓްތައް
ވިނަރެސް އެޕާޓުމަންޓުތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ވިނަރެސް އެޕާޓުމަންޓުތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ވިނަރެސް އެޕާޓުމަންޓުތައް ގަންނަން ހުށަހެޅި ފޯމުތައް ބަލައި ދިރާސާކުރުމަށްފަހު ވަގުތީ ލިސްޓު އާންމުކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަދި އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިހާރު އޮތީ ހުޅުވާލާފަ އެވެ.

އެ މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 11 އަށް އިތުރުކޮށްފައެވެ. އެޗްޑީސީން ބުނީ ޝަކުވާ އަދި މިކަމާއި ގުޅޭ ގޮތުން އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 11 ވަނަ ދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް ފުރުސަތު އޮންނާނެ ކަމަށެވެ.

އެޗްޑީސީން އާންމުކޮށްފައިވާ ވަގުތީ ލިސްޓުގައި ވާގޮތުން މި އެޕާޓުމަންޓުތައް ގަތުމަށް ޖުމްލަ 1413 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. އޭގެތެރެއިން 723 މީހަކު ޝަރުތު ހަމަވާއިރު، 691 މީހަކު ޝަރުތު ހަމައެއް ނުވެ އެވެ. އެއީ:

މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން:

  • ޖުމްލަ 1118 މީހުން ފޯމު ހުށަހެޅި
  • ޝަރުތު ހަމަވަނީ  475
  • ޝަރުތު ހަމަނުވަނީ 643

މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން: 

  • ޖުމްލަ 295 މީހުން ފޯމު ހުށަހެޅި
  • ޝަރުތު ހަމަވަނީ 248 މީހުން
  • ޝަރުތު ހަމަ ނުވަނީ 48 މީހުން 

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓްތައް ގަތުމަށް އޮތް ޝަރުތަކީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރުވެފައިވުމާއި، މާލޭގައި ދިރިއުޅޭތާ 15 އަަހަރުވެފައިވާ ވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް