ads
ހައިކޯޓު
މާލޭ މީހުންނަށް ގޯތިދޭ މައްސަލައިގެ ހުކުމް މާދަމާ
ހުޅުމާލެއާ ގުޅީފަޅު ހިމެނޭ ގޮތުން މާލެ ސަރަހައްދުން މާލޭގެ މީހުންނަށް ގޯތި ދޫކުރުމުގެ އުސޫލު ބާތިލްކުރަން އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުކޮށްފިއެވެ. މި މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނީ ހޮނިހިރު ދުވަހު ހެނދުނުއެވެ.

މި މައްސަލައިގެ އަޑު އެހުންތައް މިދިޔަ މަހު ފަހުކޮޅު ހައިކޯޓުގައި ނިންމާލާފައިވާއިރު، ބަންޑާރަ ނާއިބު ފަރާތުން ދައުލަތުގެ ވަކީލުން، އެ މައްސަލައިގައި ބުނެފައިވަނީ ހުޅުމާލެއާ ގުޅީފަޅު ހިމެނޭ ގޮތުން މާލެ ސަރަހައްދުން މާލޭގެ މީހުންނަށް ގޯތި ދޫކުރުމުގެ އުސޫލު ބާތިލްކުރަން އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހެޅި މައްސަލައަކީ އެންމެ ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. ބަންޑާރަ ނާއިބުގެ ފަރާތުން ހައިކޯޓުގައި އިޖުރާއީ ނުކުތާއެއް ނަގައި ބުނީ އެ މައްސަލައަކީ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެ މައްސަލަ ބޭރުކޮށްލުމަށެވެ. ދައުލަތުން ބުނިގޮތުގައި ދުސްތޫރީ މައްސަލައަކަށް ވަނީ ގާނޫނެއް ނުވަތަ ގަވާއިދެއް ބާތިލު ކުރަން ހުށަހަޅާ މައްސަލަތައް ކަމަށް ވާއިރު، ގޯތި ދޫކުރުމުގެ އުސޫލަކީ ގަވާއިދުގެ ބައެއް ނޫން ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމާ ބެހޭގޮތުން ހައުސިން މިނިސްޓްރީން އެކުލަވާލި އުސޫލުގައި މާލޭގެ ރައްޔިތުންގެ ކަމުގައި ބަލާނެ މިންގަނޑު ބާތިލު ކުރަން ހުށަހެޅުއްވީ ވަކީލު ހުސައިން ޝިހާދާއި ހަސަން ފަލާހެވެ.

މި މައްސަލަ ބަލަނީ ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް