ads
މީގެ ކުރިންވެސް ކައުންޓަ ޓެރަރިޒަމްގެ އޮޕަރޭޝަންތައް ސިފައިން ހިންގާފައިވޭ
ޓެރަރިޒަމް އޮޕަރޭޝަންގައި އައްޑޫން ހައްޔަރުކުރި މީހަކު ފުލުހުންގެ އިހުމާލުން މިނިވަން
ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީ ގައުމީ ސަލާމަތައް ނުރައްކާ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފުލުހުންގެ އިހުމާލުން މިނިވަންވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފް ގުޅިގެން މިދިޔަ މަހު ހިންގި ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަންގައި 14 މީހަކު ހައްޔަރުކުރި އެވެ. އެމީހުން ހައްޔަރުކުރީ، ގޮވާތަކެތި ބޭނުންކޮށްގެން ގައުމީ ސަލާމަތައް ނުރައްކާ ކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

މިއަދު ހައިކޯޓުން މިނިވަންކޮށްފައިވަނީ، މުހައްމަދު ގައިސް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރުމަށް އަމުރު ނެރުނީ ކްރިމިނަލް ކޯޓުގެ ފަރާތުން ނެވެ. އެ އަމުރާއި އެއްގޮތަށް މިދިޔަ މަހުގެ 10ވަނަ ދުވަހު އޭނާގެ ގެ ބަލައި ފާސްކޮށް، 11 ވަނަ ދުވަހުގެ 16:15 ހާއިރު އޭނާ ހައްޔަރު ކޮށްފައި ވެއެވެ. އަދި އޭނާ ރިމާންޑު ޖަލެއްގައި ބަންދުކޮށްދިނުމަށް އެދި އައްޑޫ، މަރަދޫފޭދޫ މެޖިސްޓްރޭޓު ކޯޓުގައި ފުލުހުންގެ ފަރާތުން އެދުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެ ކޯޓުން އަމުރު ނެރެދީފައި ވެއެވެ. 

ހައިކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ، މަރަދޫ ފޭދޫ ކޯޓުގެ އަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި ތުހުމަތުކުރެވޭ ގައިސްގެ ފަރާތުން ހުށަހެޅި މައްސަލަގައެެވެ. އެ މައްސަލާގައި ހައިކޯޓުން މިއަދު އަމުރު ނެރުނީ އެކަށީގެންވާ ހެކި ގަރީނާ ނެތުމުން އޭނާ މިނިވަން ކުރުމަށެވެ. 

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ތުހުމަތުކުރެވޭ މީހާ އާއި ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅުން ފިޔަވައި އިތުރު ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށާއި، ބާރު ދޭ އެއްވެސް ގަރީނާއެއް ވެސް އެ އިންޓެލިޖެންސް ރިޕޯޓާއެކު ހިމެނިފައި ނުވާ ކަމަށެވެ.  އެހެންކަމުން ހަމައެކަނި އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ބޭނުންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކޭ ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ. 

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން، ހަމައެކަނި އިންޓަލިޖެންސް ރިޕޯޓަކަށް ބުރަވެވެނީ، އެ ރިޕޯޓުގައި ޝަރުތުތަކެއް ފުރިހަމަ ވެގެން ނެވެ. އެގޮތުން، ރިޕޯޓުގައި ބުނާ ކަންތައްތައް ވުޖޫދުގައި ވާކަން ދައްކުވައިދޭ އެއްކަމަކަށްވުރެ ގިނަ ކަންކަން ހިމެނުމުގެ އިތުރަށް އެކަމަށް ބާރުދޭ ހެކި ގަރީނާ ހުށަހަޅަންވާނެ އެވެ. ފުލުހުން ހުށަހަޅާފައިވާ ރިޕޯޓުގައި އެ ރިޕޯޓުގައިވާ ކަންކަމަށް ބާރުދޭ އެއްވެސް ގަރީނާ އެއް ހިމަނާފައި ނުވާކަމަށް ކޯޓުގެ އަމުރުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް