ads
މިއަދު އިދިކޮޅުން އެމްއެމްއޭ ގަވަރުނަރާއި ބައްދަކުރައްވަން އެމްއެމްއޭ ގައި——ފޮޓޯ: ޕީޕީއެމް
ގަވަރުނަރާއިއެކު ބޭއްވި ބައްދަލުވުމުގެ ނަތީޖާ ހިތި، ކަންބޮޑުވުން ވީ އިތުރު
ލޯނުތަކުގެ މުހިންމު މައުލޫމާތުތައް ގަވަރުނަރަށް ނުލިބޭ
ވިއްސަކަށް ދުވަހަށް ހިފަހައްޓާލެވިދާނެ ކަމަށް ވިދާޅުވި
ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމުގެ ބިރުހީވެ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެމްއެމްއޭ ގަވަރުނަރާއި ބައްދަލުކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުން ކަންބޮޑުވުންތައް އިހުނަށްވުރެ އިތުރު ވެއްޖެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން ގަވަރުނަރު އަލީ ހާޝިމް އާއި ބައްދަލުކުރަން ދިޔައީ، ދައުލަތުގެ ރިޒާވްގައި ކާޑުގެ ބާވަތްތައް ގަންނާނެ ފައިސާނެތި ރިޒާވް ހުސްވެ، ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބުނެ އެވެ.

މިއަދު 11:00 ގައި އޮތް މި ބައްދަލުވުން ނިންމާލުމަށްފަހު އެމްއެމްއޭ ކުރިމަތިން މީޑިއާތަކާއި ވާހަކަަދަކަމުން ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވީ، ކަންދިމާކުރިގޮތުން ގައުމުގެ އިގްތިސޯދާއި ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ވާހަކަދައްކަވާލަން ގަވަރުނަރަށް ދެއްވުނީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށާއި، އެވަގުތުކޮޅަށްފަހު ވެސް ނިކުންނަން ޖެހުނީ އެތަނަށް އައިރު ހުރި ކަންބޮޑުވުންތަކަށް ވުރެ ބޮޑު ކަންބޮޑުވުންތަކާއިއެކު ކަމަށެވެ.

”އެއީ އަޅުގަނޑުމެންނަށް ބޭރުތެރެއިން އިވިފައިހުރީ ހަގީގީ އަޑުތަކެއްކަން މިވީ ކުޑަވަގުތުކޮޅުތެރޭގައި ކަށަވަރުވެއްޖެ. ގަވަރުނަރަކަށް ވިދާޅެވުއެއް ނުދެއްވުނު ގައުމުގެ އިގްތިސޯދާއި ގުޅިގެން އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބޭވަރުގެ ވާހަކަފުޅެއް. އެންމެބޮޑަށް ކަންބޮޑުވާންޖެހުނީ އިންޑިއާއިން މި ނަގާ ލޯނުތަކުގެ އިންޓްރަސްޓް ރޭޓުގެ އެއްވެސް އެއްޗެއް ހުދު ގަވަރުނަރަށްވެސް އެގިވަޑައެއް ނުގަންނަވާ،“ އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ދައުލަތުން ހިންގާ ފައިސާގެ ތަފްސީލް ގަވަރުނަރަށް ނުލިބުމަކީ ދިވެހިން ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި މިއަދު ދިވެހީން ތިބީ ކޮން ހާލަތެއްގައި ކަަމެއްވެސް ނޭނގޭ ކަމަށެވެ. 

”ވިއްސަކަށް ދުވަހަށް ހިފަހައްޓާލެވިދާނެ ކަމަށް ވިދާޅުވި“

އަދުރޭ ވިދާޅުވިގޮތުން، ގަވަރުނަރު ވިދާޅުވީ، މިއަހަރުގެ ވިއްސަކަށް ދުވަހަށް ހިފަހައްޓާލެވިދާނެ ކަމަށެވެ. އަދި، ބަޖެޓާއިމެދު ބޮޑެތި ކަންބޮޑުވުންތައް ހުރި ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދު މެނޭޖުކުރުމުގައި އެންމެ މުހިންމު ދައުރެއް ގާނޫނީ ގޮތުން އަދާކުރަންޖެހޭ ބޭފުޅަކީ ގަވަރުނަރަށް ވާއިރު، އެންމެ ފަހުން ނެގި 100 މިލިއަން ޑޮލަރާއި ގުޅޭ މުހިންމު ތަފްސީލުތަކެއްވެސް ގަވަރުނަރަށް އެގިވަޑައިނުގަންނަވާކަން މިއަދުގެ ބައްދަލުވުމުން އެގިގެންދިޔަ ކަމަށް އަދުރޭ ވިދާޅުވި އެވެ.

”ވަރަށް ސާފުކޮށް ވިދާޅުވި އެންމެފަހުން މި ނެގި 100 މިލިއަން ޑޮލަރުގެ ޓާމްސްއަކީ ކޮބައިކަންވެސް ތިމަންމަނިކުފާނަށް އެގިވަޑައެއް ނުގަންނަވައޭ. އަދި އޭގެ އިންޓްރަސްޓް ރޭޓަކީ ކޮބައިކަމެއްވެސް އެގިވަޑައެއްް ނުގަންނަވައޭ. އެހެންވީމައި އަޅުގަނޑުމެން މި ބުނީ، މިތަނަށް އައިރަށްވުރެ ބޮޑު ކަންބޮޑުވުމެއްގައޭ މި ނިކުތީ، “ އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ނިމިގެންދިޔައިރު، ރާއްޖޭގެ ރިޒާވްގައި 900 އެތައް މިލިއަން ޑޮލަރެއް ހުރި ކަމަށާއި، މި ސަރުކާރު ހަވާލުވިއިރު އެ ހުރިހާ އެއްްޗެއް ހުރި ނަމަވެސް މިއަދު އެގުނީ އެހުރިހާ އެއްޗެއް މިހާރު ހުސްވެއްޖެ ކަން ކަމަށެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް