މި އެކްސިޑެންޓު ހިނގީ މިއަދު 14:30 ހާއިރު ބްރިޖް ޓްރެފިކް ލައިޓް ކައިރީ ކާރަކާއި ސައިކަލެއް ޖެހިގެން ނެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މިއަދު ސީއެންއެމް އަށް ބުންޏެވެ.
އޭނާ އަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވާކަން ޓްރީޓޮޕް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ދާދި ދެންމެއަކު ވަނީ ބުނެފަ އެވެ.
މިއެކްސިޑެންޓުގައި މީހަކު މަރުވެފައިވާއިރު، މިއަދު 13:00 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ.
ދެ ސައިކަލް ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި ވެސް އަންހެނަަކާއި ތިން ފިރިހެނަކަށް އަނިޔާވެގެން ދަނީ ފަރުވާދެމުން ނެވެ. އެތަނުން އެއް ސައިކަލް ދުއްވަން އިން އަންހެންމީހާ އަތުގައި ލައިސެންސް ވެސް ނެތެވެ.