ads
ގުޅީފަޅުގައި އަލިފާނުގެ ހާދިސާ
ގުޅިފަޅުން ފެނުނު ހަށިގަނޑުގެ ޑީއެންއޭ ހަދަނީ
އެފްކޮންސް ކުންފުނީގެ ގުޅީފަޅު ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު މުވައްޒަފަކު ގެއްލިގެން ހޯދަމުން ދަނިކޮށް،ފެނުނު އިންސާނެއްގެ ހަށިގަނޑުގެ ޑީއެންއޭ ޓެސްޓް ހަދަން ނިންމައިފިއެވެ.

ފެނުނު ހަށިގަނޑުގެ ޑީއެންއޭ ހަދަން އެފްކޮންސްއިން ނިންމީ، އެއީ އެ ކުންފުނިން ގެއްލުނު މީހާތޯ ކަށަވަރުކުރުމަށެވެ. ގުޅީފަޅުގައި ހުންނަ އެފްކޯންސްގެ އެކޮމަޑޭޝަން ބްލޮކުގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތަނުގެ މުވައްޒަފަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެކޮމަޑޭޝަން ބްލޮކް ތެރެއިން އިންސާނެއްގެ ކަށިތަކެއް ފެނުނީ އިއްޔެއެވެ.

އެފްކޮންސް އިން މިއަދު ބުނީ އެއީ ކާކުގެ ހަށިގަނޑެއްކަން ޔަގީން ކުރެވޭނީ ޑީއެންއޭ ޓެސްޓަކަށް ފަހު ކަމަށެވެ. އެކަމަކު މި ވަގުތު ވެސް ގެއްލުނު މީހާގެ އާއިލާއާ ގުޅައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް