ads
ލަމްހާ ނަސީރު- ފޮޓޯ އެމްވީ ކްރައިސިސް
ބޭބެޔަށް ވަޅިން ހަމަލާދިން ލަމްހާ މަސްތުވާތަކެއްތައް ޕޮޒިޓިވް
މާލޭގެ ގެއެއްގެ ތެރޭގައި ހިނގި މާރާމާރީއެއްގައި ބޭބެގެ ގަޔަށް ވަޅިޖެހި އަންހެން މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްފައިވާކަން އެނގިއްޖެއެވެ.

މާލޭގައި އިއްޔެ ހިނގި މާރާމާރީއެއްގައި ބޭބެ ގަޔަށް ވަޅި ޖަހައިގެން ހައްޔަރު ކުރީ ހ. އަލަވަލުގެ އުމުރުން 25 އަހަރުގެ ލަމްހާ ނަސިރު ކިޔާ އަންހެނެކެވެ. 

އިއްޔެ އޭނާ ހައްޔަރުކޮށް މިއަދު ކޯޓަށް ގެންދިޔުމުން 15 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ. އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމެވެ. 

އޭނާ ހައްޔަރުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމުންނެވެ.

ލަމްހާ ނަސީރުގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރިއިރު މަސްތުވާ ތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވެފައިވާކަން ކްރިމިނަލް ކޯޓުގެ ރިޕޯޓުން އެނގެއެވެ.

23%
ކަމުގޮސްފި
58%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް