ads
ޔޯގާ އިވެންޓު ހަމަނުޖެހުން
2022: ޔޯގާ ޑޭ ހަމަނުޖެހުމާއިއެކު، "އިންޑިއާ އައުޓް" ކުރުން މަނާވުން!
ނިމިިދިޔަ 2022 ވަނަ އަހަަރަކީ ސިޔާސީ ހުރިހާ ކުލަވަރެއް ފެނިގެންދިޔަ އަހަރެކެވެ. ނުހަނު ހިތްވަރުން މިދިޔަ އަަހަރު ފަހުކޮޅު މިނިވަން ކުރެވުނު އިދިކޮޅުގެ ލީޑަރު މިއަހަރު ފަހުކޮޅު އަލުން ޖަލަށް ދާން ޖެހި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަލުން ވަނީ މަގުމަތިވެފަ އެވެ. މި ލިއުމުގައި މި ބަލާލަނީ 2022 ވަނަ އަހަރު ސިޔާސީ މަޝްރަހުން ފާހަގަކުރެވިގެންދިޔަ މުހިންމު ކަންކަމަށެވެ.

04 މޭ 2022 ގައި، ރައީސް ޔާމީން، ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާއަށް ރަސްމީކޮށް ނިކުމެވަޑަައިގެން ޓްވިޓާ ބޭނުން ކުރައްވަން ފެއްޓެވި އެވެ. އެ އެކައުންޓުން ފުރަތަމަ ފަހަަރަށް ޓްވީޓެއް ކުރައްވާ ވިދާޅުވީ، ދިވެއްސަކަށް ވީތީ ފަހުރުވެރިވާ ކަމަށެވެ. މީގެ ކުރިން މިފަދަ އެކައުންޓެއް އެމަނިކުފާނު ގެންގުޅުއްވާފައެއް ނުވެ އެވެ. މި އެކައުންޓު އެމަނިކުފާނު ހުޅުވާފައިވަނީ އެދުވަހުގެ އިރުއޮއްސި 19:19 ގައެވެ. އެކައުންޓު ހުޅުވިތާ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި 400 އަށްވުރެ ގިނަ މީހުން ވަނީ އެކައުންޓް ފޮލޯކޮށްފަ އެވެ.  

ހަގީގަތުގައި މި އެކައުންޓަކީ އިންޑިއާ އައުޓުގެ ހަރާކާތް އިތުރަށް ވަރުގަދަވި ސަބަބެކެވެ. ފާޅުގައި އިންޑިއާ އައުޓް ކުރެއްވުމަށް ޔާމީން ގޮވާލަމުންދިޔަ އެވެ. ރައީސް ސޯލިހުގެ ގަރާރާއިއެކު، އެ ހަރަކާތް ފެށިގެންދިޔައީ "މިލިޓަރީ އައުޓް" ގެ ނަމުގަ އެވެ. 

your imageމިލިޓަރީ އައުޓްގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ ހަރަކާތެއް

އިންޑިއާ އައުޓް ކުރުމަށް އިދިކޮޅުން ހިންގަމުންދިޔަ އެ ހަރާކާތުގައި ބުރަކި ޖައްސަން މެދުވެރިވީ، 21 ޖޫން 2022 ގައި "އިންޓަނޭޝަނަލް ޔޯގާ ޑޭ" ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީންނާއި، އިންޑިއަން ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ދަނޑުގައި ކުރިއަށް ގެންދިޔަ އިވެންޓު ތެރެއަށް ބަޔަކު ވަދެގަނެ ހިންގި ހަމަނުޖެހުމެވެ. 

ނުހަނު ފަސޭހަކަމާއިއެކު ބެރިކޭޑުތައް ފޫއަޅުވާލާ، އދ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރާއި، އެހެނިހެން ގައުމުތަކުގެ ސަފީރުންނާއި އެމްބަސީތަކުގެ އިސް ވެރިންގެ އިތުރުން އިންޑިއާ ހައި ކޮމިޝަނަރުވެސް ބައިވެރިވެ ވަޑައިގެން އެ ހަރަކާތްތެރެއަށް ބަޔަކު ވަދެގަންއިރު، ފުލުހުންނަށް އެމީހުން އެތަނުން ފޮނުވާލެވުނީ، ވާނެ ހުރިހާ އެއްޗެއްވެ ނިމުނު ފަހުން ނެވެ. ބައެއް މީހުންނަށް އަނިޔާވެ، ބޭރުދުނިޔޭގެ ކުރިމަތީގައި ރާއްޖެ ފަލީހަތްވެ ވެސް ނިމުނު ފަހުން ނެވެ. 

ވަދެގަތް ބައިގަނޑުގެ ތެރެއިން ފުލުހުންނަށް ހައްޔަރުކުރެވުނީވެސް އެންމެ ހަ މީހުން ނެވެ. އަނެއް މީހުން ހޯދުމަށް ފުރިހަމަ އަވަސް ތަހުގީގެއް ފުލުހުން މިހާރު ފަށިނަމަވެސް، މިއީ ފުލުހުންގެ ބޮޑު ފެއިލިއާ އެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަވެ.

your imageޔޯގާ ޑޭ ހަރާކުތެ ތެރެއިން

މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިފަހުން، ފުލުހުން އެދުވަހު ނެރުނު ބަޔާނެއްގައި ވަނީ، އެކަން ފުލުހުންގެ އެކި ގުނަންތަކުން ތަހުގީގުކުރަމުންދާ ކަމަށާއި، ފުލުހުން އެވަގުތު ކަންކުރި ގޮތްވެސް ބަލާ ރިވިއު ރިޕޯޓެއް ހަދާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާތަނަށް އެ ރިވިއު ރިޕޯޓުގެ މަސައްކަތް އޮތީ އޮތްތާއެވެ. ފިޔަވަޅެއްވެސް ނޭޅެ އެެވެ.

މިމައްސަލާގައި ޝައިހް ފަޒްލޫނާއި އާދަމް ނިޝާން ހައްޔަރުކޮށް ޓެރަރިޒަމްގެެ ދައުވާ އުފުލިއިރު، 19 އަށްވުރެ ގިނަ މީހުން ހައްޔަރުކުރި އެވެ.

 

މި ހަމަނުޖެހުމަށް ފަހު، ދިވެހިރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް އެޓާނީޖެނަރަލުގެ އޮފީހުން 23 ޖޫން 2022 ފޮނުވި އެވެ. 

އެބިލުގައި އެހެން ގައުމެއްގެ ދީނީ، ނުވަތަ ސަގާފީ ކަންކަމާމެދު ނަފުރަތު އުފެއްދުމަކީވެސް ކުށެއްގެ ގޮތުގައި ހިމަނާ ޖޫން 29 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް