ads
ފޮޓޯ:ޒަކާތް ދައްކަނީ
މުދަލު ޒަކާތުގެ ގޮތުގައި ހުސްވި އަހަރު 91 މިލިއަން ރުފިޔާ
މުދަލު ޒަކާތުގެ ގޮތުގައި 2022 ވަނަ އަހަރު 91.5 މިލިއަން ރުފިޔާ ލިބިފައި ވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 91.5 މިލިއިން ރުފިޔާ ލިބިފައި ވާއިރު، 2021 ވަނަ އަހަރު ވެސް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ، 91.5 މިލިއަން ރުފިޔާ އެވެ. 

މިދިޔަ އަހަރު އެންމެ ގިނައިން މުދަލު ޒަކާތް ލިބިފައިވަނީ، އޭޕްރީލް މަހު އެވެ. އޭޕްރީލް މަހު މުދަލު ޒަކާތުގެ ގޮތުގައި، 22.5 މިލިއަން ރުފިޔާ ލިބިފައި ވާކަމަށް ހިސާބުތަކުން ދައްކާ އިރު ދެން އެންމެ ގިނައިން މުދަލު ޒަކާތް ލިބިފައިވަނީ، އޮގަސްޓު މަހުގަ އެވެ. އޮގަސްޓު މަހު 10.6 މިލިއަން ރުފިޔާ ވަނީ މުދަލު ޒަކާތުގެ ގޮތުގައި ލިބިފަ އެވެ. 

މިދިޔަ އަހަރުގެ ޖަނަވަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި، ހަތް މިލިއަން ރުފިޔާ ލިބިފައި ވާއިރު، ފެބްރުއަރީ މަހު ލިބިފައިވަނީ، 2.9 މިލިއަން ރުފިޔާ އެވެ. މާޗް މަހު 5.9 މިލިއަން ރުފިޔާ، އޭޕްރީލް މަހު 22.5 މިލިއަން ރުފިޔާ، މޭ މަހު 4.5 މިލިއަން ރުފިޔާ، ޖޫން މަހު 6.3 މިލިއަން ރުފިޔާ އަދި ޖުލައި މަހު 4.1 މިލިއަން ރުފިޔާ ލިބިފައި ވާކަމަށް ހިސާބުތަކުން ދައްކަ އެވެ. 

އޮގަސްޓު މަހު 10.6 މިލިއަން ރުފިޔާ، ސެޕްޓެމްބަރު މަހު 9.1 މިލިއަން ރުފިޔާ، އޮކްޓޯބަރު މަހު 3.2 މިލިއަން ރުފިޔާ، ނޮވެމްބަރު މަހު 4.9 މިލިއަން ރުފިޔާ އަދި ޑިސެމްބަރު މަހު 9.9 މިލިއަން ރުފިޔާ ލިބިފައި ވާކަމަށް މީރާއިން ވަނީ ހާމަ ކޮށްފަ އެވެ. 

މުދަލު ޒަކާތުގެ ނިސޯބުގެ ގޮތުގައި މިވަގުތު ހުރި އަދަދަކީ، 5،777.45 ރުފިޔާ އެވެ. 

މީގެ ކުރިން މުދަލު ޒަކާތް އިސްލާމިކް މިނިސްޓްރީން ބަލައިގަންނަމުން ދިޔަ ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން މީރާ އަށް ވަނީ ބަދަލު ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް