ads
ރަނިލް އާއިއެކު ރައީސް މައުމޫން ކުރެއްވި މި ބައްދަލުވުމުގައި ދަރިކަލުން ފާރިޝްވެސް ބައިވެރިވެވަޑައިގެންނެވި-----
ރައީސް މައުމޫން ލަންކާގެ ރައީސްއާއި ބައްދަލު ކުރައްވައިފި
އެމްއާރްއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ ބައްދަލުކުރައްވައިފި އެވެ.

ނުރަސްމީ ދަތުރުފުޅެއްގައި އަވަށްޓެރި ސްރީ ލަންކާއާ މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މައުމޫން ފުރާ ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. 

މި ދަތުރުފުޅުގައި ލަންކާގެ ރައީސް ރަނިލް އާއި ބައްދަލުކުރެއްވީ އިއްޔެގެ ވަގުތެއްގަ އެވެ. އެމަނިކުފާނުގެ ޕާޓީ އެމްއާރްއެމްއިން މިއަދު ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވީ ރާއްޖެއާއި ލަންކާ އާއި ދެމެދު އޮތް ގާތް ގުޅުމާއި އެ ގުޅުން ކުރިއަށް އޮތްތަނުގައިވެސް ބަދަހި ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ނެވެ.

ރައީސް މައުމޫން އާއިއެކު މި ބައްދަލުވުމުގައި، އެމަނިކުފާނުގެ ދަރިކަލުން، އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިޝް މައުމޫން ވެސް ބައިވެރިވެވަޑައިގެން ނެވި އެވެ. ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެން ލަންކާގެ ރައީސް އާއި، ރައީސް މައުމޫން ބައްދަލުކުރެއްވިއިރު، ސިޔާސީ ގޮތުން ކުރިއަށް އޮތީ ހަލަބޮލި ދުވަސްކޮޅެކެވެ.

މީގެ ކުޑަދުވަސްކޮޅެއް ކުރިން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ލަންކާއަށް ގޮސް އެގައުމުގައި ތިބޭ ހުޅަނގުގެ އެކިއެކި ގައުމުތަކުގެ ސަފީރުންނާ ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުންތައް ބާއްވާފައިވަނީ، ރިޝްވަތު ގަބޫލުކުރެއްވުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ އެ ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލުމާއިއެކު އެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލޭ ގޮތަށް ސަރުކާރުން ކަންތައްތައް ކުރާ ކަމަށް ތުހުމަތުކޮށް އެގައުމުތަކުގެ އެހީއަށް ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް