ads
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރުމަށް ގެނައި އޭޓީއާރު 72 މަރުކާގެ ބޯޓަކަށް މަރުހަބާ ކިޔަނީ - ފޮޓޯ:މޯލްޑިވިއަން
އައިލެންޑް އޭވިއޭޝަން ރީ-ބްރޭންޑް ކުރަނީ
އައިލެންޑް އޭވިއޭޝަން ރީ-ބްރޭންޑު ކުރުމަށް ނިންމައިފިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ ކުންފުނީގެ ލޯގޯ އާއި މަތިންދާ ބޯޓުތަކުގެ ލިވަރީ ނުވަތަ މަތިންދާ ބޯޓުތަކުގެ ބޭރުގައި ބޭނުންކުރާ ކުރެހުން ބަދަލުކުރުމަށް ޑިޒައިންތައް ހުށަހެޅުމަށް ހުޅުވާލާފައެވެ.

އެ ކުންފުނީގެ ފަރާތުން ވަނީ ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ އަށްވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނުން މިހާރު ބޭނުންކުރަމުން އަންނަ ލޯގޯ އަކީ އެ ކުންފުނި އުފެދުނީއްސުރެ ބޭނުންކުރަމުން އަންނަ ލޯގޯއެކެވެ. އެ ކުންފުނި އުފައްދާފައިވަނީ 2000 ވަނަ އަހަރުގައެވެ.

އައިލެންޑް އޭވިއޭޝަނުން ދަނީ އެ ކުންފުނީގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު ބޯޓުތައްވެސް ގެންނަމުންނެވެ. އެގޮތުން އޭޓީއާރު 72 މަރުކާގެ ދެ ބޯޓު ރާއްޖެއަށް ގެނެސްފައިވަނީ ނިމިދިޔަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ދެ ބޯޓުގެ ބޭނުން ކުރަން ފަށާފައިވާއިރު، ފުރަތަމަ ބޯޓުގެ ހިދުމަތް ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެެވެ. ދެވަނަ ބޯޓުގެ ހިދުމަތް ފަށާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެެވެ. އިތުރު ބޯޓެއް މި މަހުގެ ތެރޭގައި ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އައިލެންޑު އޭވިއޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް