ads
ރާކީ މީޑިއާތަކާއި ވާހަކަދައްކަނީ
ރާކީ އަށް ކައިވެނީގައި ހުސް ހިތާމަ، މިފަހަރުވެސް ފިރިމީހާގެ ސިއްރު ލޯބިވެރިއެއް!
ބޮލީވުޑުގެ ޑްރާމާ ކްއީންގެ ގޮތުގައި މަޝްހޫރުު ރާކީ ސާވަންތު ފުރަތަމަ ކައިވެނިކުރީ ރިތޭޝް ނަމަކަށް ކިޔާ ވިޔަފާރިވެރިއަކާ އެވެ. އެފަހަރުގެ ކައިވެނިވެސް ރޫޅުނީ ކައިވެނިކުރި ފަހުން ފިރިމީހާގެ އަންބެއް ހުންނަކަން ފަޅާއެރުމުން ނެވެ. އޭގަފަހުން އާދިލް ކިޔާ މީހަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މިދިޔަ މަސްތެރޭ ރާކީ ވަނީ އެދެމީހުން ކައިވެނިކުރި ވީޑިއޯއެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލާފަ އެވެ.
Advertisement

މި ވީޑިއޯގައި ކައިވެނިލައިދޭތަންވެސް ސާފުކޮށް ފެންނައިރު، ދެމީހުންގެ ކައިވެންޏަށް ރާކީގެ ފޭނުން މަރުހަބާ ކިޔަމުންދަނިކޮށް ދެން އިވުނީ އެއީ ދޮގެއް ކަމަށް އާދިލް ބުނި އަޑެވެ. އާންމުކޮށްވެސް ފޭނުންނާއި ދިރިއުޅުމުގެ ޒާތީ ވާހަކަތަައްވެސް ހިއްސާކުރާ ރާކީ މިމައްސަލާގައި މީޑިއާ ކުރިމަތީ ވަރަށް ބޮޑަށް ރޮއި ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވެއެވެ. 

ރާކީ ބުނާގޮތުން އޭނާ އެ ވީޑިއޯ އާންމުކުރީ އާދިލް އާއި ކައިވެނިކުރިތާ އަށް މަސް ފަހުން ނެވެ. އެއީ އާދިލް އެހަށް މަޑުކުރަން ބުނުމުން ނެވެ. އަދި ކައިވެންޏަކީ ސައްހަ ކައިވެންޏެއްކަން އާދިލަށް އެގިހުރެ ވީޑިއޯ އާންމުކުރި ފަހުން އެކަމަށް ފިރިމީހާ އިންކާރުކުރުމަކީ އޭނާގެ އިއްޒަތާއި އޭނާއަށް އޮތް އިތުބާރުވެސް ފޭނުންގެ ކުރިމަތީ ގެއްލިގެން ދާނެ ކަމެއް ކަަމަށް ރާކީ ބުންޏެވެ. އެހެންވެ، އާދިލް އާއި އެކު ފޯނުކޯލެއްގައި މީޑިއާއަކާއި ވާހަކަދައްކަމުންވެސް ރާކީ ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ. އެފަހަރު އާދިލް ބުނީ، ކައިވެނި ފޭކު ކަމަށް އޭނާއަށް ބުނެވިފައިވާނަމަ މާފަށް އެދޭ ކަމަށާއި އެކަމާއި ގުޅޭ އިންޓަވިއުއެއް އޭނާ ފަހުން ދޭނެ ކަމަށެވެ. އަދި ދެމީހުންގެ މެދުގައި އެއްވެސް މައްސަަލައެއް ނުޖެހޭ ކަމަށް އެދުވަހު ބުނެފައި ވެއެވެ. 

ނަމަވެސް، މިފަހުން މަގުމަތީގައި ހުރެ މީޑިއާތަަކާއި ވާހަކަދައްކަމުން ރާކީ ވަނީ ވަރަށް ބޮޑަށް ރޮއި ދެމީހުންގެ މެދުގައި ބޮޑު އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް އާދިލް ބުނާ ވާހަކަ ދޮގުކޮށްފައެވެ. ރާކީ ބުނީ، މިހާރު އޭނާގެ މަންމަވެސް ދުނިޔޭގައި ނެތުމާއިއެކު އޭނާއަށް އިތުރު އެއްޗެއް ގެއްލިދާނެތީ ބިރު ނުގަންނަ ކަމަށާއި، އާދިލް އޭނާއަށް ބޭވަފާތެރިވެފައިވާ ކަމަށެވެ. 

އެގޮތުން ކައިވެންޏަށްފަހު މިފަހުން ރާކީ ބައިވެރިވި ބިގްބޮސް މަރާޓީގައި ހުއްޓައި އާދިލް އޭނާގެ ސިއްރުު ލޯބިވެރިޔަކު ގެންގުޅެފައިވާ ކަމަށް ރާކީ ބުުންޏެވެ. އަދި މަންމަ ބަލި ހާލަތު ބޮޑުވެ މަރުވެގެން އުޅެނިކޮށްވެސް އެދެމީހުންގެ ގުޅުން އެގޮތުގައި ކުރިއަށް ގެންދަމުންދާ ކަން އޭނާ އަށް ފަޅާ އަރާފައިވާ ކަމަށެވެ. ރާކީ ބުނީ ކައިވެނިކުރިތާ 8 މަސް ވަންދެންވެސް ކައިވެނި ސިއްރުކުރީ ސިއްރު ލޯބިވެރިއަކު ހުރުމުން ކަމަށް މިހާރު ގަބޫލުކުރެވޭ ކަމަށާއި، އެކަން ފަހުން މީޑިއާތަކަށް ހާމަވުމުން އެކަމާއި އިންކާރުކުރީވެސް އެހެންވެ ކަމަށް މިހާރު އެނގޭ ކަމަށެވެ. 

އަދި ސިއްރު ގުޅުމާއި ބެހޭ ފޯން ކޯލާއި ފޮޓޯ އަދި ވީޑިއޯވެސް އޭނާ އަތުގައި އެބަހުރި ކަމަށް ރާކީ ބުންޏެވެ. އެކަމަކު ފިރިމީހާ ވުމުން އެކަން އެ އެއްޗެހި ހާމަ ނުކުރާނެ ކަމަށް ރާކީ ބުންޏެވެ. އެ އަންހެން ކުއްޖާވެސް ގުޅައި އޭނާ އަށް އިންޒާރުދީ ވާހަކަދައްކާ ކަމަށް ރާކީ ބުންޏެވެ. 

"އަހަރެން އެ އަންހެން ކުއްޖާއަށް ބުނެލަން ބޭނުންވަނީ އަނބިމީހާއަށް ވަފާތެރި ނުވެވުނު ފިރިހެނަކަށް އޭނާ އަށް ވެސް ވަފާތެރިވާނެ ކަމަށް އުންމީދު ނުކުރާށޭ. އާދިލް ކައިރީ ބުނަން ބޭނުންވަނީ އެހެން އަންހެނުންހެން ހައްޕު ކިޔައިގެން ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލާނެ ކަމަށް ހީނުކުރާށޭ. މަޝްހޫރުވާން އަހަރެންގެ ބޭނުން ނުކުރާށޭ، " ރާކީ ބުންޏެވެ.

ރާކީ ބުނީ، އޭނާ ލޯބީގައި ވަރަށް ނާކާމިޔާބު ކަމަށެވެ. ކޮންމެ މީހަކުވެސް އޭނާ ބޭނުންކުރަނީ ކާމިޔާބާއި މަޝްހޫރުކަން ހޯދަން ސިޑިއެއްގެ ގޮތަށް ކަމަށެވެ. އެކަމަކު، އޭނާ ބޭނުންވަނީ ކައިވެނިކޮށް އާއިލާއެއް ބިނާކޮށް ރީތި ދިރިއުޅުމެއް ކަމަށް ރާކީ ބުންޏެވެ. 

ރާކީގެ ކުރީގެ ފިރިމީހާވެސް ފުރަތަމަ ކައިވެނީގެ ފޮޓޯތައް އާންމުކޮށް ކައިވެނިކުރިކަން ރާކީ ހާމަކުރުމުން ކުރީ އިންކާރެވެ. އަދި މީޑިއާގެ ކުރިމަައްޗަށް ނައިސް ވަރަށް ގިނަ ދުވަހު އުޅުނެވެ. އެކަމަކު ފަހުން ބިގްބޮސްއިން ރާކީ އާއި ކައިވެނިކޮށްގެން އުޅޭކަން ގަބޫލުކޮށް، ދެމީހުންގެ ގުޅުން މީޑިއާގެ ކުރިމަތީގައިވެސް ހާމަކުރި އެވެ. ދެމީހުންގެ ކައިވެނި ރޫޅުނީ ބިގްބޮސް އިން ނިކުމެ މިދިޔަ އަހަރުގެ ފެބްރުއަރީ ތެރޭގައެވެ. 

14%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
36%
ވަރަށް ސަލާމް
ކޮމެންޓްސް