ads
ބިންވެރިޔާ ސްކީމް ލޯންޗްކުރުމުގެ ތެރެއިން
މާލޭ މީހުންގެ ގޯތީގެ މައްސަލަ ސުޕްރީމް ކޯޓުން އަނެއްކާވެސް ބޭރުކޮށްލައިފި
މާލޭ މީހުންނަށް ގޯތި ދޫކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން އަނެއްކާވެސް ބޭރުކޮށްލައިފިއެވެ.

މާލޭ މީހުންނަށް ގޯތި ދޫކުރުމާ ގުޅޭ ގޮތުން ހަދާފައިވާ އުސޫލު ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުން ބޭރުކޮށްލިއިރު، މި މައްސަލަ ހުށަހެޅީ މި ފަހަރުވެސް ގާނޫނީ ވަކީލުން ތަކެކެވެ.

ގާނޫނީ ވަކީލް ޝިހާދު އިބްރާހިމާއި ވަކީލް ހަސަން ފަލާހު ދެވަނަ ފަހަރަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ ހައިކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމީ އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައި ނުގަންނާށެވެ. އެކަމުގެ ތަފްސީލެއް ނުލިބެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު، ދުސްތޫރީ މައްސަލައެއްގެ ގޮތުގުގައި، މާލޭ މީހުންނަށް ގޯތި ދޫކުރުމާ ގުޅޭ ގޮތުން ހަދާފައިވާ އުސޫލުގައި މާލޭ މީހުން ކަމަށް ބަލާ މިންގަނޑު ބާތިލްކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުންވަނީ އެ ކޯޓަށް ފުރަތަމަ މަރުހަލާގައި ނުބެލޭނެ ކަމަށް ބުނެ ހުކުމްކޮށްފައެވެ. 

ހައި ކޯޓުން އެ މައްސަލައިގައި ނިންމީ އެއީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގު ދަށުން ގޯތި ދޫކުރުމުގެ އުސޫލަކީ ކޮން ގާނޫނެއްގެ ނުވަތަ ކޮން ގަވާއިދެއްގެ ދަށުން ނެރެފައިވާ އެއްޗެއްކަމެއް އެނގޭކަށް ނެތް ކަމަށް ހައިކޯޓުގެ ހުކުމުގައި ކަނޑައެޅުމާއެކު އެ ސްކީމްގެ ގާނޫނީ ހައިސިއްޔަތާ މެދުވަނީ ސުވާލު އުފެދިފައެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް