ads
ޑްރަގު ވިއްކަމުންދާތަން ފެންނަ ވީޑިއޯގެ މަންޒަރެއް
މަގުމަތީ ޑްރަގު ވިއްކި މީހާ ހައްޔަރުކޮށްފި
އޭނާގެ ބަންދަށް ޖެހީ 15 ދުވަސް
މަސްތުވާތަކެތި ގަތްމީހުން އަދި ހައްޔަރެއް ނުކުރޭ
ދުވާލުގެ ވަގުތެއްގައި މަގުމަތީ މަސްތުވާތަކެތި ވިއްކަނިކޮށް އާންމުވި ވީޑިއޯއިން ފެންނަ މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު "ސީއެންއެމް" އަށް ބުނިގޮތުގައި އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ ޑްރަގު ވިއްކަނިކޮށް އެ ވީޑިއޯއިން ފެންނަ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ.

އޭނާގެ ބަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.

އިއްޔެ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ މަގުމަތީގައި ޕާކުކޮށްފައިވާ ސައިކަލެއްމަތީގައި އިން މީހަކު އެތަނުގައި އިދެ ފަސް ވަރަކަށް މީހުންނަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްް ވިއްކަނިކޮށެވެ.

އެއިން ކޮންމެ މީހަކުގެ އަތުން ބަދަލުގައި 500 ރުފިޔާ އޭނާ ނަގާފައިވެއެވެ. އޭނާގެ އަތުން އެތަކެތި އެތަނުގައި ތިބެގެން ފަސް ވަރަކަށް މީހުން ގަތްއިރު، އެމީހުން ހައްޔަރުކުރުމާއިމެދު ފުލުހުންނާއި ސުވާލުކުރުމުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. 

ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތައް ބަލާއިރު އެމީހުން އަދި ހައްޔަރުކޮށްފައެއް ނުވެއެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް