ads
ސްޕާއެއްގެ ކޮޓަރިއެއް
ސްޕާތަކުގެ މަސާޖް ކޮޓަރި ދޮރު ދެން ތަޅެއް ނުލެވޭނެ؟
ރާއްޖޭގައި ހިންގާ ސްޕާ ސެލޫންތަކުގައި މަސާޖް ކުރުމަށް ބޭނުންކުރާ ކޮޓަރިތަކުގައި ތަޅު ނުވަތަ ތަންޑު އަދި ތަޅުލުމަށް ނުވަތަ ތަންޑުއެޅުމަށް ބޭނުންކުރާ އެއްވެސް ވަސީލަތެއް ހަރުކުރުންވެސް މަނާކޮށްފިއެވެ.

މިގޮތަށް ސަރުކާރުން ކަނޑައެޅީ މިއަދު އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކުރި "ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު"ގެ ދަށުންނެވެ.

ސްޕާތައް ހިންގުމަށް ހަރުކަށި ގަވާއިދެއް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލީ، ރާއްޖޭގައި ހިންގާ ބައެއް ސްޕާތަކުގައި ހަށިވިއްކުމާއި ފާހިޝްއަމަލުތައް ފާޅުގައި ކުރަމުން ގެންދާކަމަށް ބުނެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އަދި ހަށިވިއްކުން ޕްރަމޯޓްވާގޮތަށް އެފަދަ ތަންތަން ސޯޝަލް މީޑިއާގައި އިސްތިހާރުކުރުން އާއްމު ވުމުންނެވެ.

މިއަދު ގެޒެޓްކުރަންފެށި ގަވާއިދުގެ ޖަދުވަލު 2 ގެ(ޅ) ގައި ބުނެފައިވަނީ:

"ސްޕާގެ ހިދުމަތް ދިނުމަށް ހާއްސަކޮށްފައި ހުންނަ ކޮޓަރި ހުންނަންވާނީ ހިދުމަތްދޭ ވަގުތު، ތިން ވަނަ ފަރާތަކަށް ނުވަދެވޭގޮތަށް ދޮރެއް ނުވަތަ ޕާޓިޝަނަކުން ބަންދުކޮށްފައެވެ. ކޮޓަރިތަކުގައި ތަޅު ނުވަތަ ތަންޑު އަދި ތަޅުލުމަށް ނުވަތަ ތަންޑުލުމަށް ބޭނުންކުރާ އާލާތެއް ހަރުކޮށްފައި ހުރެގެން ނުވާނެ އެވެ".

އަދި ސްޕާތަކުގައި މަސާޖް ކުރުމަށް ބޭނުންކުރާ ކޮޓަރިތައް ހުންންނަވާނީ ރިސެޕްޝަން އޭރިއާއިން ވަދެވޭގޮތަށް ކަމަށާއި، ހިދުމަތް ހޯދުމުގެ ކުރިން އިށީންދެ ތިބެވޭގޮތަށް ރިސެޕްޝަން އޭރިއާގައި ވެޓިން އޭރިއާއެއް ހުންނަންވާނެކަމަސްވެސް ގަވާއިދުގައި ބުނެފައި ވެއެވެ.

މީގެއިތުރުން ސްޕާގެ ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދިނުމަށް ހުންނަ އެނދުތަކަކީ އެކަމަށް ހާއްސަ އެނދުކަމަށް ވާންޖެހެނެ ކަމަށާއި، ކޮޓަރިއެއްގައި އެއް އެނދަށްވުރެ ގިނަ އެނދު ހުންނަ ނަމަ ކޮންމެ އެނގެދެއްގެ ދޭތެރޭގައި ތިން ފޫޓްގެ ދުރުމިނެއް ހުންނަންވާނެކަމަށްވެސް ގަވާއިދުގައި ބުނެފައި ވެއެވެ.

10%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް