ads
އިސްލާމީ މާލީ ނިޒާމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ހިތްވަރުދިނުމުގެ ގޮތުން އިސްލާމިކް ފައިނޭންސިން އެގްޒިބިޝަނެއް ބޭއްވުމަށް ވަނީ ނިންމާފައި - ފޮޓޯ:އައިޔޫއެމް
އިސްލާމިކް ފައިނޭންސިން އެގްޒިބިޝަނަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް
އިސްލާމިކް ފައިނޭންސިން އާ ބެހޭ އެގްޒިބިޝަނެއް މާދަމާ އޮންނާނެކަމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ބުނެފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް އިސްލާމިކް ފައިނޭންސް އެގްޒިބިޝަން އޮފް މޯލްޑިވްސް (އެމްއައިބީ އައިއެފްއީއެމް) ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި އެގްޒިބިޝަން އޮންނާނީ އައިޔޫއެމްގެ ހޯލުގައި މާދަމާ ހެނދުނު 10:00 އިން ފެށިގެން ހަވީރު 6:00 އަށް ކަމަށް އައިޔޫއެމުން ބުނެއެވެ.

އައިޔޫއެމުން ބުނި ގޮތުގައި މި އެގްޒިބިޝަނުގެ މަގުސަދަކީ އިސްލާމީ މާލީ ނިޒާމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ހިތްވަރުދިނުން ކަމުގައެވެ.

މި އެގްޒިބިޝަނުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިތުރުން ބީއެމްއެލް އިސްލާމިކް، އަޔާދީ ތަކާފުލް، އަމާނާ މޯލްޑިވްސް، އެޗްޑީއެފްސީ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް އިކޮނޮމިކްސްއިން ބައިވެރިވާނެ ކަމަށް އައިޔޫއެމުން ބުނެއެވެ. އެ ޔުނިވާސިޓީން ބުނީ މި އެގްޒިބިޝަނަށް އާންމު ފަރާތްތަކަށް މާދަމާ ހެނދުނު 10:30 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށް ޒިޔާރަތްކުރެވޭނެ ކަމަށެވެ.

މި އެގްޒިބިޝަނުގައި އިސްލާމީ މާލީ ނިޒާމުގައި ހުރި ޕްރޮޑަކްޓްސްގެ އިތުރުން މި ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުން ފޯރަމެއް ބޭއްވުމަށް ނިންމާފައިވާ ކަަމަށް އައިޔޫއެމުން ބުނެއެވެ. އައިޔޫއެމުން ބުނެފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ވޯކްއިން އިންޓަވިއުއެއް ކުރާ ގޮތަށް ހަމަޖައްސާފައި ކަމަށެވެ.

މީގެ އިތުރުން މި އެގްޒިބިޝަނުގައި ބައިވެރިވާ ދަރިވަރުންނާއި އާންމު ފަރާތްތަކަށް ހާއްސަ ކޮށްގެން އިސްލާމީ މާލީ ނިޒާމާ ބެހޭ ދެ ކުއިޒެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ. އައިޔޫއެމުން ބުނީ މި ކުއިޒުން ވަނަވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމް ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އެގްޒިބިޝަނަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި މި ދަތުރު ސްޕޮންސާކޮށްފައި ވަނީ ޔަލަމްލަމް ހައްޖް އެންޑް އުމްރާ ގްރޫޕުގެ ފަރާތުން ކަމަށް އައިޔޫއެމުން ބުނެއެވެ. މީގެ އިތުރުން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ކިންޑަލްއެއް ދިނުމަށް ހަމަޖެހިފައިވާ ކަަމަށް އެ ޔުނިވާސިޓީން ބުނެއެވެ. އައިޔޫއެމުން ބުނީ މި އިނާމް ސްޕޮންސާކޮށްފައި ވަނީ އެލްމޯބައިލްގެ ފަރާތުން ކަމަށެވެ.

އައިޔޫއެމުން ބުނި ގޮތުގައި މި އެގްޒިބިޝަނުގައި ބައިވެރިވާ ދަރިވަރުންނާއި އާންމު ފަރާތްތަކަށް ހާއްސަ ކޮށްގެން އިސްލާމީ މާލީ ނިޒާމާ ބެހޭ ކުއިޒެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައެެވެ. މި ކުއިޒުން ވަނަވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އައިޔޫއެމުން ބުނެއެވެ.

ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީސްގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ސުވާލަށް ރަނގަޅު ޖަވާބު ދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކިންޑަލްއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އައިޔޫއެމުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް