ads
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް ވީއައިއޭގައި:
އެވްރެޖްކޮށް ދުވާލަކު 5870 ފަތުރުވެރިން ޒިޔާރަތްކުރޭ
މި އެޕްރީލްމަހު އެވްރެޖްކޮށް ދުވާލަކު 5870 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުންގެންދާ ކަމަށް މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ހިސާބުތަކުން ދައްކައިފިއެވެ.

ޓްއަރިޒަމް މިނިސްޓްރީ އިން އެޕްރީލްމަހުގެ 11 ވަނަދުވަހާއި ހަމައަށް އާއްމޮކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެޕްރީލް މަހުގެ މިހާތަނަށް އެއްމެ މަދުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އެޕްރީލް 10 ވަނަދުވަހު އެވެ. އެއީ 4492 ފަތުރުވެރިންނެވެ. 7359 ފަތުރުވެރިންނާއެކު އެއްމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އެޕްރީލްމަހުގެ 2 ވަނަދުވަހުއެވެ.

ޖުމްލަ މިހާތަނަށް 582،632 ފަތުރުވެރިއަކު ރާއްޖެއަށް ޒިިޔާރަތްކޮށްފައިވާއިރު، މިއީ ނިމިުނު 2022 ވަނައަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 14.5 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަހަރު ފެށުނުއިރުވެސް އެއްވަނައިގައިއޮތް ރަޝިއާ އޮތީ މިފަހަރުވެސް، މިއަހަރުގެ މިހާތަނަށް 70،726 ފަތުރުވެރިންނާއެކު 1 ވަނައިގައެވެ. 

61،634 ފަތުރުވެރިންނާއެކު ދެވަނައިގައި އޮތީ އިންޑިއާއެވެ. ކޮވިޑް 19 ގެ ލޮކްޑައުންއާއެކު ބަންދުކޮށްފައި އޮތް ޗައިނާ ހުޅުވާލުމާއެކު މަޑުމަޑުން ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރުން އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް އެއްމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި 10 ގައުމުގެތެރޭގައި، 21،124 ފަތުރުވެރިންނާއެކު ޗައިނާ މިވަގުތުއޮތީ 8 ވަނައިގައެވެ. އެއީ މިއަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު މުޅި މާކެޓްގެ 3.6 އިންސައްތައެވެ.

ޒިޔާރަތްކުރަމުންދާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދިޔަ ކަމުގައި ވިޔަސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ނުވަތަ ރޫމް ނައިޓްސްގެ އަދަދު ދަށަށްދާކަން ފާހަގަކުރެވިފައިވެއެވެ. މިގޮތުން ޖެނުއަރީ އަދި ފެބްރުއަރީ މަހު އެވްރެޖްކޮށް 8 ރޭ ރާއްޖޭގައި ހޭދަކުކޮށްފައިވާއިރު، މާރިޗް އަދި އެޕްރީލް މަހުގައި ހޭދަކޮށްފައިވަނީ 7 ރޭކަން ފާހަގަކޮށްލެވެއެވެ.

އެޕްރީލް މަހުންފެށިގެން ކުރިއަށް މިދަނީ ޓުއަރިޒްމްގެ އޮފް ސީޒަންކަމަށްވުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ތަޖުރިބާކާރުން ދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް