ads
ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ބޭނުންވަނީ ކިހާ ވަރެއްގެ މުސާރައެއްތޯ އެހުމުން، އުއްމީދު ކުރާ މުސާރައަށްވުރެ ބޮޑު އަދަދެއް ބުނޭ!
ވަޒީފާއަކަށް ކުރިމަތިލާ، އިންޓަވިއުކަށް ގުޅާނެ ކަމުގެ އިންތިޒާރުގައި އެތައް ދުވަހެއް ވޭތު ކުރާފަހުން، އިންޓަވިއުކަށް ދާން ލިބުމުން އެ އިންޓަވިއުއަށް ދަނީ ވަރަށް ތައްޔާރުވެގެންނެވެ. އިންޓަވިއުއަށް ގޮސް ކިޔާނީ ކޯޗެއްތޯ ރަނގަޅަށް ދިރާސާކޮށް ކޮންމެހެން ވެސް ކިޔަންޖެހޭނެ އެއްޗެހި ފާހަގަކުރެ އެވެ.

އިންޓަވިއު ކުރިއަށްދާގޮތާއި މެދު ވަރަށް ހިތްހަމަޖެހިފައި އިންދާ ކުއްލިއަކަށް ކޮށްލާ ސުވާލަކުން، އިންޓަވިއުއަށް އައިރު ހަނދާންކޮށްގެން ހުރި ހުރިހާ އެއްޗެއް ހަނދާންނެތެ އެވެ. ބޭނުންވަނީ، ނުވަތަ އުއްމީދު ކުރަނީ ކިހާވަރެއްގެ މުސާރައެއްތޯ ސުވާލުކޮށްލުމުން ދޭނެ ޖަވާބެއް ގިނަ ފަހަރަކަށް ނޭނގެ އެވެ.

މުސާރައިގެ ސުވާލު ކުރުމުން، ބޭނުންވާ މުސާރައަކީ ކުންފުނިން ދޭނެ މުސާރައެއްތޯ ޝައްކުކުރެވެން ފަށަ އެވެ. ނޫނީ، ބޭނުންވާ މުސާރައަކީ އެންމެ އެކަށީގެންވާ މުސާރަތޯ ސުވާލުކުރެވެން ފަށަ އެވެ. މި މުސާރަ މާ ބޮޑުތޯ، ނޫނީ މާކުޑަތޯ ވިސްނަންފަށަ އެވެ. އަދި ކުންފުނިން އާންމު ގޮތެއްގައި މިވަރުގެ މުސާރައެއް ދޭ ތޯ ސުވާލުކުރެވެނެ ފަށަ އެވެ.

އެ ސުވާލު އަމާޒުވުމުން ހާސް ނުވާށެވެ. އަދި އުންމީދު ކުރަނީ ކިހާވަރެއްގެ މުސާރައަކަށްތޯ އެހުމުން، އުންމީދުކުރާ މުސާރައަށް ވުރެ ބޮޑު އަދަދެއް ބުނާށެވެ. ގިނަ ފަހަރު، މުސާރަދޭއިރު، އަބަދުވެސް ލިބޭނީ ބޭނުންވެގެން ބުނާ އަދަދަށްވުރެ ދަށް އަދަދެކެވެ. ބޭނުންވާ މުސާރައަށް ވުރެ އެއް ހާސް ނުވަތަ ދެ ހާސް އިތުރު އަދަދެއް ބުނުމުން ބޭނުންވާ އަދަދުގެ މުސާރަ ލިބުމުގެ ފުރުސަތު ބޮޑެވެ.

މިގޮތަށް ބޮޑު މުސާރައެއްގެ އަދަދު ބުނާއިރު، އެ މުސާރައަކީ އާންމުކޮށް އެ މަގާމަށް އެހެން ކުންފުނިތަކަންވެސް ދީ އުޅޭ މުސާރަ ރޭންޖުގެ މުސާރައަކަށްވުން މުހިންމެވެ. އެހެން ނޫންނަމަ ހުށައަޅާ މުސާރަ އެއީ އެންމެ އެކަށޭނަ މުސާރައަށް ނުވެދާނެއެވެ. އެންމެ ފަސޭހައިން ބޭނުންވާ މުސާރަ ލިބޭނީ ވަޒީފާގެ ބާޒާރުގައި އެހެން ކުންފުނިން ތަކުންވެސް ދޭ މުސާރަ އަޅާ ކިޔާލުމުންނެވެ.

މުސާރައިގެ ސުވާލުކޮށްލުމުން، އެންމެ ފުރަތަމަވެސް ވިސްނަންވާނީ ތިމާގެ ފެންވަރާއި ތަޖުރިބާ އަށެވެ. އެދޭ މުސާރައަކީ ހާއްސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ހޯދާފައިވާ އަމަލީ ތަޖުރިބާއާއި އެންމެ އެކަށޭނަ މުސާރައަކަށްވުން މުހިންމެވެ. އަދި މުސާރައިގެ އަދަދު ކަނޑައަޅާއިރު، މި ކަންތައްތައް ފާހަގަކޮށް، އެންމެ އެކަށޭނަ މުސާރައަކީ އެ އެދޭ އަދަދުކަން ކުންފުންޏަށް ދައްކައިދޭންވާނެ އެވެ.

މީގެ އިތުރުން، މުސާރައެއް ހުށައަޅާއިރު، ދިރިއުޅުމުގައި ކުރަށްޖެހޭ ހަރަދުތަކުގެ ވާހަކަ ދައްކަން ޖެހިލުން ނުވާށެވެ. ދަތުރު ކުރަން ހަރަދު ދާނަމަ އެވާހަކަވެސް ބުނެލާށެވެ. އަދި ކުއްޔަށް އުޅޭނަމަ، އުޅޭތަނުގެ އެއީ ކިހާވަރެއްތޯ އާއި ގިނަ ހަރަދުތަކެއް ކުރަންޖެހޭނަމަ އެ ހަރަދުތަކުގެ ވާހަކަވެސް ކުންފުންޏާ ހިއްސާކުރާށެވެ. ބޭނުންވާ މުސާރަ ހޯދުމުގައި މުސާރައިން ކުރާނެ ހަރަދުތައް ކުންފުންޏަށް ހިއްސާކުރުމުން ކުރަންޖެހޭ ހަރަދުތަކަށް އެންމެ އެކަށޭނަ މުސާރައެއް ލިބުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

މުސާރައިގެ މަޝްވަރާ ކުރަންވާނީ، ބޭނުންވާ މުސާރަ ނުލިބެއްޖެނަމަ ވަޒީފާއަށް އެއްބަސް ނުވެ ދާންޖެހުނަސް އެއީ މާބޮޑު ގެއްލުމެއްކަމުގައި ކުންފުންޏަށް ނުދައްކަ އެވެ. އަދި މި މުސާރައަށް ނުވަތަ މިއަށް ވުރެ ރަނގަޅު މުސާރައަކަށް އެހެން ކުންފުންޏަކުން ވަޒީފާ ލިބޭނެ ކަމުގެ އުންމީދުގައި، އިންޓަވިއުން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނުކުންނާށެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ހިފޭއްޓިޖެނަމަ ބޭނުންވާ މުސާރައާއި މަގާމް، ބޭނުންވާ ކުންފުނިން ލިބިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް