ކ އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއް ރޭޕް ކުރިމައްސަލަ މިމަހު ހަ ވަަނަ ދުވަހު ހުށަހަޅާފައިވާކަމަށް ފުލުހުން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ. މިއަދު އެ މައްސަލައިގައި ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުގައި އެދުމުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށެވެ.
އެ ހާދިސާގައި އަނިޔާލިބުނު ޗައިނާއަށް ނިސްބަތްވާ ޒޫ ޔިޓޮންގް ބުނީ ރިސޯޓަށް އާދެވުނު ފަހުން އޭނާއަށް ކަނޑައެޅި ބަޓްލަރަކީ އުޝާމް ކަމަށެވެ.
ބަޓުލަރުގެ ވަނަވަރު މިހާރު ބައެއް މީޑިއާތަކުގައި ހާމަކޮށްފައިވާއިރު، އޭނާއަކީ ހއ. އުތީމު/ރިހިއަލި، އަހުމަދު އުޝާމް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އެ ފަތުރުވެރިއާ ވަނީ އޭނާއަށް ކުރި ރޭޕުގެ ވާހަަކަތައް އޭނާގެ ސޯޝަލް މީޑިއާގައި ވެސް ހާމަކޮށްފައެވެ.
އުމުރުން 26 އަހަރުގެ ޗައިނާ ރައްޔިތެއް ކަމަށްވާ ޒޫ ޔިޓޮންގް ބުނީ އެނާ "ފަރި އައިލެންޑް ރިސޯޓަށް" ދިޔައީ މިމަހުގެ 6 ވަނަ ދުވަހު ކަމަށެވެ. އަދި އެނާ މިމަހު 10 ވަނަ ދުވަހު އަނބުރާ ގައުމަށް ދާން ނިންމައިގެން އައި ނަމަވެސް އެނާގެ ރާއްޖޭގައި ހުންނަ ދުވަސްތައް އިތުރުކޮށްފައިވާކަމަށެވެ. އޭނާ ވަނީ އެނާއަށް އިންސާފު ހޯދައި ދިނުމަށް ދިވެހިންގެ ކިބައިން އެދިފައެވެ.
އޭނާ ވަނީ އޭނާއަށް ކޮށްފައިވާ އަނިޔާތަކާއި އެ މައްސަލައާއި ގުޅުންހުރި ބައެއް ލިޔެކިއުންތައް ވެސް އާންމުކޮށްފައެވެ.
ޒޫ ބުނެފައިވަނީ އޭނާ އެ ތުހުމަތުތައް ކުރީ ރިސޯޓުގައި ހިިލޭ ހުންނަންކަމަށް ރިސޯޓުން ތުހުމަތު ކުރިނަމަ ވެސް އޭނާ ރިސޯޓުގައި ހުރި ދުވަސްތަކަށް ފައިސާ ދައްކާފައިވާނެކަމަށެވެ. އޭނާގެ އާއިލާ އުޅެނީ އޮސްޓްރޭލިއާގައި ކަމަށާއި، އޭނާއަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖެއްކަމަށެވެ.
އެ ރިސޯޓު އޮޕަރޭޓުކުރާ ރިޒް ކާޓަން ޓެގްކޮށް ޒީ ބުނެފައިވަނީ އޭނާ އެމީހުންގެ ރިސޯޓެއްގައި ރޭޕު ކުރިކަމަށެވެ. އަދި އެމީހުންގެ "ބަޓުލަރުން ތަމްރީނު ކުރަނީ ގެސްޓުން ރޭޕުކިރަން" ކަމަށް ޒޫ ބުނެފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން ރިސޯޓަށް ގުޅުމުން އެމީހުން ބުނެފައިވަނީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަން ނޭގޭކަމަށެވެ.