ads
މިރާލް
މިރާލް އަނެއްކާވެސް ގައުމީ ރެކޯޑް އާކޮށްފި
އަންހެނުންގެ ލޯންގކޯސް 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯރޑް މިރާލް ޢައިން ލަތީފް އައާކޮށްފިއެވެ.

ޒުވާން ފެތުންތެރިޔާ މިރާލް މި ރިކޯޑް އާކުރީ، ޖަޕާނުގެ ފުކުއޯކާގައި މިހާރު ކުރިއަށްދާ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް – ފުކުއޯކާ 2023 ގައި ފަތައިގެންނެވެ. އަންހެނުންގެ ލޯންގކޯސް 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯރޑް މިރާލް އާުކޮށްފައިވަނީ 03.05.69 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ގައުމީ ރެކޯރޑް އާކުރުމާ ހަމައަށްވެސް އެ ރެކޯޑް އޮތީ މިރާލް އަތުގައެވެ. އެއީ މިއަހަރު ތައިލަންޑްގައި ބޭއްވުނު އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ގައި 03.06.78 އިން މިއިވެންޓު ފުރިހަމަކޮށްގެންނެވެ.

އަންހެނުންގެ (ލޯންގކޯސް) 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯރޑްވެސް އޮންނަނީ މިރާލް އަތުގައެވެ. 18 އަހަރުވީ އެ ރެކޯޑް، އުމުރުން އެންމެ 13 އަހަރުގައި މިރާލް މުގުރާލީ މިދިޔަ އަހަރު، 01.20.80 އިން އެ އިވެންޓް ފުރިހަމަކޮށްގެން ނެވެ. އެއީ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް